ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި ހިސާން ހަސަން މަގާމުން ވަކިކޮށްފިއެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން އެންޑީއެމްއޭގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދެއްވައިފައެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރި ސީދާ ސަބަބެއް ވިދާޅެއް ނުވެއެވެ.
ދެހާސް ހަތަރުވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ފުރަތަމަ އުފެއްދިއިރު ހިސާން އެ ސެންޓަރުގައި މަސައްކަތް ކުރެއްވީ ސިފައިންގެ އޮފިސަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް ފަހުން 2011 ގައި ސިފައިންގެއިން ވަކިވެ އެ ސެންޓަރުގެ ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފަހުން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދިއިރު އޭނާ ހުންނެވީ އެތަނުގެ ސީއީއޯގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު