ސައިކަލެއްގައި ތިން މީހުން އަރައިގެން، ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު، ދޫކޮށްލުމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިމަހު ހަތްވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭ ނިރޮޅުމަގުގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ، އިރުމަތީގެ، އުމުރުން 27 އަހަރުގެ މުހައްމަދު ސައިފް ކަމަށެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން، އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި ސައިފަކީ ޓްރެފިކް އެކި ކުށްތަކުގެ ބޮޑު ރެކޯޑެއް އޮތް މީހެކެވެ. އެގޮތުން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވައިގެން 13 ފަހަރެއްގެ މަތިން އޭނާއަށް ފިޔަވަޅު އަޅާފައިވާއިރު، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ އިތުރުން ދުއްވަމުން ފޯނު ފަދަ މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ ކުށުގެ ރެކޯޑްވެސް އޭނާގެ މައްޗަށް އެބައޮތެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ސައިފް ހިމެނޭހެން ތިން މީހަކު ވަގަށް ނަގާފައިވާ ސައިކަލެއްގައި ވަންވޭއާ އިދިކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ގަވާއިދާ އެއްގޮތަށް ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
ގަވާއިދުން ދުއްވި ސައިކަލުގައި ތިބީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުންނެވެ. މި އެކްސިޑެންޓުގައި އެ ދެ މީހުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭގެ ތެރެއިން އެކެއްގެ ސިކުނޑިއަށް ލޭއެޅިފައިވާއިރު، އަނެއް މީހާގެ މޫނުމައްޗަށް ވަނީ ސީރިއަސް ގެއްލުންތަކެއް ލިބިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު