އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓިގެ ކެންޑިޑޭޓު، ޖޯ ބައިޑަން
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓިގެ ކެންޑިޑޭޓު، ޖޯ ބައިޑަން
އެމެރިކާގެ ރިޔާސީ އިންތިހާބު ނިންމައި ވޯޓު ގުނަން ފަށާފައިވާއިރު، އެންމެ ފަހުގެ ނަތީޖާ ތަކުން ބޮޑުތަނުން ކުރީގައި އުޅެނީ ޑިމޮކްރެޓިކް ޕާޓިގެ ކެންޑިޑޭޓު، ޖޯ ބައިޑަންއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރިކޮށް ކުރީގައި ފެންނަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓިގެ ކެންޑިޑޭޓު، ޖޯ ބައިޑަންއެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާ ތަކަށް ބަލާއިރު 264 އިލެކްޓޯރަލް ވޯޓާއެކު ކުރީގައި އުޅެނީ ޖޯ ބައިޑަންއެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، އިންތިހާބު ކާމިޔާބު ކުރުމަށް ޖޯ ބައިޑަންއަށް މިހާރު ބޭނުންވަނީ އިތުރު 6 އިލެކްޓޯރަލް ވޯޓެވެ. އަދި އިތުރު 56 އިލެކްޓޯރަލް ވޯޓު ޑޮނަލްޑް ޓްރަމްޕަށް ބޭނުންވެއެވެ.

ރިޔާސީ އިންތިހާބާއި ބެހޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑްް ރަފެންސްޕަރގަރ ވިދާޅުވެފައިވަނީ އެމެރިކާގެ ޖޯޖިޔާ ސްޓޭޓުން އެެކަނިވެސް ބައިޑެން އާއި ޓްރާމްޕް އާއި ދެމެދު 40،000 ވޯޓުގެ ތަފާތު އުޅޭކަމަށެވެ. އަދި ނުގުނާ ވޯޓު 122،000 ވުރެއް ގިނަވާނެކަމަށްވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވެފައިވެއެވެ.

ބޮޑު އަބާދީއެއް އޮންނަ އެމެރިކާގެ ޖޯޖިޔާ ސްޓޭޓުގެ ވޯޓަށް ބައިޑެން އާއި ޓްރާމްޕްގެ ކެމްޕޭނު ޓީމުން އުންމީދުކުރަމުން ދާކަމަށް ދެފަރާތުގެ ކެމްޕޭނު ޓީމުންވެސް ވަނީ ހާމަކޮށްފައެވެ. އެމެރިކާގައި 50 ސްޓޭޓް އޮތްއިރު، އަބާދީގެ ގޮތުން އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން 8 ވަނައިގައި އުޅެނީ ޖޯޖިއާއެވެ.

އަބާދީގެ ގޮތުން ލިސްޓުގައި ޖޯޖިއާގެ ކުރިއަށް އޮތް 7 ސްޓޭޓް ގެ ތެރެއިން4 ސްޓޭޓްގެ ވޯޓު ގުނުން މުޅިން ނިމިފައިނުވިނަމަވެސް، 3 ސްޓޭޓެއްގެ އިލެކްޓޯރަލް ވޯޓު ކާމިޔާބުކޮށްފައިވަނީ ޖޯ ބައިޑަންއެވެ. މީގެ ތެރޭގައި ކެލިފޯނިއަރ، ނިޔުޔޯކް، އަދި އިލިނޮއިސް ހިމެނެއެވެ.

މިއާއެކު، އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި މިހާތަނަށް އެންމެ ބޮޑު ތަފާތަކުން ކުރީގައި އުޅެނީ ޖޯ ބައިޑެންކަން ޔަގީންވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން