ފަރަންސޭސިވިލާތުގައި ތައުލީމީ ފެންވަރު ދަށްވަމުންދާތީއާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތައް އިތުރަށް ހޫނުވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކަކާއި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުން އެބަދެއެވެ.
ފަރަންސޭސިވިލާތުގެ އިންޓީރިއަރ މިނިސްޓަރު ލޮރެން ނުނޭޒް ހާމަކުރެއްވި ގޮތުގައި، ޤައުމުގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މި މުޒާހަރާތަކުގައި ގާތްގަނޑަކަށް 550,000 މީހުން ވަނީ ބައިވެރިވެފައެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މުޒާހަރާތަކުގެ ތެރެއިން، ލިމޮޖް ސިޓީގެ ސިޓީ ހޯލް (ޓައުން ހޯލް) އަށް ބަޔަކު ވަދެ، އެ އިމާރާތުގައި ވަނީ ރޯކޮށްލާފައެވެ. އެ އިމާރާތުގައި ރޯވި ނުރައްކާތެރި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށް ފަޔަރ ފައިޓަރުން ވަނީ ބޮޑު މަސައްކަތެއް ކޮށްފައެވެ. މީގެއިތުރުން، ވެރިކަން ކުރާ ޕެރިހާއި އެހެނިހެން ސިޓީތަކުގައި ހުންނަ އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައި، ވިޔަފާރިތައް ލޫޓުވައި، ފުލުހުންގެ އުޅަނދުތަކުގައިވެސް އަލިފާން ރޯކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވިގޮތުގައި، މި ހަމަނުޖެހުންތަކުގައި ފުލުހުންގެ 150 އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
ވެރިރަށް ޕެރިހުގައި ދުވާލުގެ ވަގުތުތަކުގައިމުޒާހަރާތައް ކުރިއަށްދިޔައީ ސުލްހަވެރިކަމާއެކުއެވެ. ނަމަވެސް އިރުއޮއްސި އަނދިރިވުމާއެކު ހާލަތު ގޯސްވެ، ފުލުހުންނާއި އާންމުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ފުލުހުން ވަނީ ކަރުނަގޭހާއި ފެންއަރި (ވޯޓާ ކެނަން) ބޭނުންކޮށްގެންނާއި، މުގުރުން ތަޅައިގެން މުޒާހަރާ ރޫޅައިލަން މަސައްކަތްކޮށްފައެވެ. މީގެއިތުރުން، ބައެއް ސަރަހައްދުތަކުގައި ވެހިކަލްތަކާއި މަގުތަކުގައި އަލިފާން ރޯކޮށް، ފިހާރަތައް ލޫޓުވައި، ރެސްޓޯރެންޓެއްގައި ވެސް ވަނީ އަލިފާން ރޯކޮށްލާފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން ވިދާޅުވީ، ކަންކަން ހައްލުކުރުމުގައި "ހަމަނުޖެހުމަށް އެއްވެސް ފުރުޞަތެއް ނެތް" ކަމަށެވެ.
ފާއިތުވި ތިން ހަފުތާއެއްހާ ދުވަހު ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި އިހުތިޖާޖުތަކަށް، މިހާރު މަސައްކަތްތެރިންގެ ޔޫނިއަންތަކާއި ކުރީގެ "ޔެލޯ ވެސްޓް" ޙަރަކާތުގެ އިސް ފަރާތްތަކުންވެސް ވަނީ ތާއީދުކޮށް ބައިވެރިވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު