ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށި، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މާރަންދޫގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، މިހާރު ބޭނުންކުރަމުންދާ ބަނދަރު ޖާގައިގެ ގޮތުން ބޮޑުކުރުމަށްޓަކައި މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 3 ސެޕްޓެމްބަރު 2023 ގައެވެ. މަޝްރޫޢުގެ ތިމާވެށީގެ އީ.އައި.އޭ މަރުޙަލާ ފުރިހަމަކޮށް، މިހާރު ވަނީ ސައިޓުގައި ފުންކުރުމުގެ މުހިންމު މަސައްކަތްތައް ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 55،905 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބަނދަރުގެ ރައްކާތެރިކަމަށްޓަކައި 227 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓަކާއި ރިވެޓްމެންޓް ޖެހުމުގެ އިތުރުން، ޕްރީކާސްޓް އެލް-ބްލޮކް ބޭނުންކޮށްގެން 215 މީޓަރުގެ އެއްގަމުތޮށްޓެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ހަމައެއާއެކު، ބަނދަރަށް ފަސޭހައިން ލަފާފުރުމަށް 70 މީޓަރުގެ ޖެޓީއެއް ހެދުމާއި، ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ ގޮތުން 2،291 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް އެޅުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މި މަޝްރޫޢު ނިމުމުން، އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، އޮޑިދޯނިފަހަރަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު