މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން އަސްކަރީ ޚާއްޞަ ތަމްރީނުތަކެއް މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ނެރުއްވި އިއުލާނެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ތަމްރީނުތައް ކުރިއަށްދާނީ މިއަދުގެ ފަތިހު 05:00 އިން ފެށިގެން ހެނދުނު 09:00 އާ ހަމައަށެވެ.
އަދި މި ހަރަކާތްތަކުގައި ސިފައިން އަމަލީ ގޮތުން ބައިވެރިވި ނަމަވެސް، އެއްވެސް ބާވަތެއްގެ ހަތިޔާރެއް ބޭނުން ނުކުރާނެކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދެއްވާފައެވެ.
ނަމަވެސް މި ތަމްރީނުތަކާ ބެހޭ އިތުރު ތަފްސީލެއް މީޑިއާއަށް ހާމަކުރައްވާފައެއް ނުވެއެވެ.
އާންމުގޮތެއްގައި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށާއި ފެންވަރު މަތީދަރަޖައަކަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފްއިން ގަވާއިދުން ތަމްރީނު ޕްރޮގްރާމްތައް ހިންގައެވެ.
މިފަދަ އަސާސީ ތަމްރީނުތައް އާންމުކޮށް ކުރިއަށްގެންދަނީ ޅ. މާފިލާފުށްޓާއި ކ. ގިރިފުށީގައި ކަމަށްވީ ނަމަވެސް، ޚާއްޞަ ހާލަތްތަކުގައި މާލެ' ސަރަހައްދުގެ އެކި ސަރަހައްދުތަކުގައިވެސް މިފަދަ ތަމްރީނުތައް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު