މި އޮކްޓޯބަރ މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 15 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރިއަށްގެންދާ މި ސްކީމުގެ ދަށުން މިމަހުގެ 20 ގެ ނިޔަލަށް 119 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި، މަސްވެރިންނަށް ފަސޭހަކަމާއެކު މާލީ އިދާރާތަކުން ފައިނޭންސް ލިބޭނެ މަގު ތަނަވަސް ކޮށްދީފައެވެ. އެގޮތުން، ބީއެމްއެލްއާއި މަސްވެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން ދަނީ މަސްވެރިންނަށް ލޯނު ދޫކުރަމުންނެވެ.
މަސްވެރިންނަށް މި ލޯނުތައް ދޫކުރަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މި ޕޯޓަލަކީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މަސްވެރިންނަށް އިސްލާމިކް ފައިނޭންސްގެ އެކި ސްކީމްތަކަށް އޮންލައިންކޮށް ފަސޭހައިން ހުށަހެޅޭނެހެން ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.
މި ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކުރުމަށާއި މަރާމާތު ކުރުމުގެ އިތުރުން، މަސްވެރިކަމުގެ އާލާތްތައް ގަތުމަށާއި އައު ކުރުމަށް ފުރުޞަތު ލިބެއެވެ. މީގެއިތުރުން، ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށާއި، އޮޑިފަހަރު ބަނުމާއި މަރާމާތު ކުރުމުގެ އިތުރުން ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓް ކުރުމަށްވެސް މި ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދެވޭނެއެވެ.
މި ޚިދުމަތުގެ އެންމެ ބޮޑު އެއް ފަސޭހައަކީ، ބީއެމްއެލްގެ އެއްވެސް ބްރާންޗަކަށް ދާންނުޖެހި، މަސްވެރިޔާ ހުރި ކޮންމެ ތަނަކުން އަދި ކޮންމެ ވަގުތެއްގައިވެސް އޮންލައިންކޮށް ލޯނު ސްކީމްތަކަށް ހުށަހެޅުމުގެ ފުރުޞަތު ފަހިވެފައި އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު