އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ޙަސަން ޒިހާން، ހުޅުޖަހަން ގޮވާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ސުޕްރީމް ކޯޓާއި ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ގޮވާލައި ޒިހާން ހިތްވަރުދިނީ އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ސްޓޭޓަސްއެއްގައެވެ.
އެ މައްސަލަ ބަލަމުންދާކަން ފުލުހުން މިއަދު ހާމަކުރިއިރު މިރޭ ފުލުހުން ބުނީ ޒިހާން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކުން ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގެ ދަށުން ހުޅުޖަހަން ގޮވާލުމާއި ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު