ކޮޕް-17 ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ވަފުދު--
ކޮޕް-17 ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ވަފުދު--
އދ. ގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީބީޑީ) ގެ މެންބަރު ޤައުމުތަކުގެ 17 ވަނަ ބައްދަލުވުން (ކޮޕް-17) ގައި ރާއްޖެ ތަމްސީލުކުރުމަށް ރާއްޖޭގެ ވަފުދެއް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދު މިހާރު އަރމީނިއާގެ ޔެރެވާންއަށް ގޮސްފައިވާ އިރު އެ ބައްދަލުވުން މި މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ބައްދަލުވުމުގައި ހިނގާ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި އިސްކޮށް ހުންނަވާނީ ޑިރެކްޓާ އެންވަޔަރަންމަންޓަލް ކޮންޒަވޭޝަން، ޑރ. އިލްހާމް މުހައްމަދެވެ. މީގެ އިތުރުން ޕޮލިސީ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް މިދުހަތު އަބްދުއްރަޝީދާއި، ޕްރިންސިޕަލް އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ ފާތިމަތު ޢުސްރާއާއި، ޕްރޮޓެކްޓެޑް އޭރިއާސް މެނޭޖްމަންޓް އެނަލިސްޓް އައިޝަތު އަމަލް އަދި ކޮންޒަވޭޝަން އެނަލިސްޓް ހައްވާ ނަބާހާ ނާޝިދު މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

ރާއްޖޭގެ ވަފުދުން މި ބައްދަލުވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ، ބައްދަލުވުމުން ނިންމާ ނިންމުންތަކުގައި ރާއްޖެއިން ދެކޭގޮތާއި، ތިމާވެށްޓާއި ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަން އެންމެ ފުރިހަމައަށް ހިމެނުމަށް ބާރުއެޅުމަށެވެ.

ދުނިޔޭގެ ދިރުންތަކުގެ ސިންދަފާތު ރައްކާތެރިކުރުމަށް ބާއްވާ މި ބައްދަލުވުމަކީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޖަޒީރާ ގައުމަކަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު