އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ޙަސަން ޒިހާން، 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓާއި ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ގޮވާލައި ޒިހާން ހިތްވަރުދިނީ އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ސްޓޭޓަސްއެއްގައެވެ.
އެ މައްސަލައިގައި ޒިހާން އިއްޔެ ހައްޔަރުކުރީ ފުވައްމުލަކުންނެވެ. ފުލުހުން ބުނީ އޭނާ 15 ދުވަހަށް ބަންދުކުރަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރުނެރެފައިވާ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގެ ދަށުން ހުޅުޖަހަން ގޮވާލުމާއި ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު