ކޯވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ އޮކްސްފޯޑްގެ ވެކްސިނުން ލިބޭ ފައިދާ ކުޑަ ނަމަވެސް ވެކްސިން ޑިސެމްބަރު މަހުގެ ފަހުކޮޅު ނެރެބޭނެ ކަމަށް، ވެކްސިންގެ ތަހުލީލުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރ އެންޑްރިއު ޕޮލާޑް ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުވެ ގާނޫނުހަދާ މަޖިލީހުގެ ސިއްހަތާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮކްސްފޯޑުގެ ވެކްސިނުން ކޮރޯނާ ވައިރަހުން ސަލާމަތްވާން ކުޑަނަމަވެސް އެހީތެރިކަމެއް ވާނޭކަމަށް ޕްރޮފެސަރ އެންޑްރިއު ޕޮލާޑް ބުނެފައިވެއެވެ.

ނަމަވެސް ވެކްސިންގެ ތަހުލީލުތަކާ ބެހޭގޮތުން ޔަގީން ކަމާއެކު އެއްޗެކޭ ބުނަން އަވަސް ކަމަށްވެސް ޕްރޮފެސަރ ޕޮލާޑް ބުނެފައިވެއެވެ. މިއާއެކު ވެކްސިންގެ ތަހުލީލުތަކުގެ ނަތީޖާ ލިބުމުން އިތުރު މަޢުލޫމާތު ހާމަކުރެވޭނެކަމަށް ޕްރޮފެސަރ ޕޮލާޑް ޔަގީންކަން ދީފައިވެއެވެ.

ޕޮލާޑްގެ ވާހަކަތަކުން އޮކްސްފޯޑްގެ ވެކްސިން އެހެން ވެކްސިންތަކާ ވާދަ ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. ޕޮލާޑް ގަބޫލް ކުރާގޮތުގައި އޮކްސްފޯޑްގެ ވެކްސިން އާއެކު ގިނަ އެހެން ވެކްސިންތަކެއް ވުޖޫދައް އައުމުން ދުނިޔޭގެ އަބާދީގެ އެންމެންނަށް ވެކްސިން ފޯރުކޮށްދޭން ފަސޭހަވާނެކަން ފާހަގަކުރައްވާފައިވެއެވެ.

ފުޑް އެންޑް ޑްރަގް އިދާރާތަކުން އޮކްސްފޯޑް ވެކްސިން ބަލައިގަތުމަށް ވެކްސިންގެ ތަހުލީލުތަކުގެ ނަތީޖާއިން ވެކްސިނުން 50 އިންސައްތައިގެ ފައިދާއެއް ވާކަން ފެންނަންޖެހޭނެއެވެ. ވެކްސިންގެ ތަހުލީލުތައް ނިންމައި ނަތީޖާ ލިބުމުން ވެކްސިނުން ލިބޭ ފުރިހަމަ ފައިދާތައް ޔަގީން ކުރެވޭނެކަމަށްވެސް ޕްރޮފެސަރ ޕޮލާޑް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން