ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ލެބް ޓެކްނީޝަނުންގެ ރޭގަނޑު ޝިފްޓް އެލަވަންސުން ކުޑަކުރެވުނު ބައި މުވައްޒަފުންނަށް އަނބުރާ ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ސިވިލް ސާވިސް އަދި ހެލްތު ސާވިސް ބެނެފިޓަށް ގެނައި ބަދަލުތަކާއެކު މިދިޔަ މަހު ނައިޓް ޝިފްޓް އެލަވަންސް 100 ރުފިޔާއިން 60 ރުފިޔާއަށް ކުޑަވެ، މުސާރަ ދީފައިވަނީ އެލަވަންސް މަދުކޮށްގެންނެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލަ ދިމާވީ އެޗްއާރް ޑިޕާޓްމަންޓުގެ ސޮފްޓްވެއާ ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން ދިމާވި ފަންނީ މައްސަލައަކުން ކަމަށާއި، އެކަން ރަނގަޅުކޮށް އުނިވި ފައިސާ މުވައްޒަފުންނަށް އަނބުރާ ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ އިނާޔަތް 10 ޕަސެންޓަށް ލިމިޓްކޮށްފައި އޮންނާތީ، އެ ބައި ފޫބެއްދުމަށް ޕޭ ކޮމިޝަނުން ތައާރަފްކުރި ސިވިލް ސާވިސް ސެކްޓާ ބެނެފިޓްގެ ދަށުން ރޭގަނޑު 12 އިން ހެނދުނު 6 އަށް 60 ރުފިޔާ އަދި ދުވާލު ޝިފްޓަށް 40 ރުފިޔާ ދޭން ކަނޑައަޅާފައިވެއެވެ. ނަމަވެސް، އޭގެ ކުރިން އަމަލުކުރި ހެލްތު ސެކްޓާ ބެނެފިޓުގައި ނައިޓް ޝިފްޓަށް 100 ރުފިޔާ ދެމުންދިޔައިރު، އާ އެލަވަންސެއް ތައާރަފް ކުރި ނަމަވެސް ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންނަށް އެލަވަންސް ދޭންޖެހެނީ ކުރީގެ އުސޫލުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް