ގާނޫނާ އެއްގޮތަށް ލާފައި ހުރި ވޯޓުތައް ގުނައިފިނަމަ މޮޅުވާނެކަން ޔަގީންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޑޮނަލްޑް ޓްރަމްޕްގެ ވާހަކަ ފުޅުން މިހާތަނަށް ގުނާނިމިފައިވާ ވޯޓުގެ ނަތީޖާ ގަބޫލު ނުކުރައްވާކަން ދޭހަވެގެންދެއެވެ. މިއާއެކު ގާނޫނާ އެއްގޮތަށް ލާފައި ހުރި ވޯޓުތައް ގުނައިފިނަމަ މޮޅުވާނެކަން ހާމަކުރައްވާ ގާނޫނާ ހިލާފު ވޯޓުތައް ގުނައި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ޖަހައިގަންނަން އުޅޭކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވާފައިވެއެވެ.
ޓްރަމްޕް ކުރައްވާފައިވާ ތުހުމަތު ތަކުގެ މާބޮޑު ހަގީގަތެއް ނެތް ނަމަވެސް، ރިޔާސީ އިންތިހާބު ފެށުމަށް ފަހު މިއީ އެމެރިކާގެ ރައްޔިތުންނާ މުހާތަބު ކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ބައެއް ސްޓޭޓް ތަކުގައި ހުއްޓާލުމަށްވެސް ޓްރަމްޕް ވަނީ ހުށައަޅުއްވާފައެވެ. އަދި ބައެއް ސްޓޭޓް ތަކުގެ ވޯޓު ފޮށިތައް އަލުން ގުނުމަށްވެސް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގައި އިސްކޮށް ހަރަކާތްތެރިވާ އިސްވެރިން ވަނީ އިންތިހާބުގެ ވޯޓު ގުނުމާމެދު ދޮގު ހަބަަރު ނުފެތުރުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ. ވޯޓު ގުނުމާމެދު އެއްވެސް މައްސަލައެއް އުޅޭނަމަ ހެއްކާއެކު ކޯޓައް ހުށައެޅުމުގެ މިނިވަންކަން އޮންނާނެކަމަށްވެސް ރިޔާސީ އިންތިހާބުގައި އިސްކޮށް ހަރަކާތްތެރިވާ އިސްވެރިން ވަނީ ހާމަކުރައްވާފައިވެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، 264 އިލެކްޓޯރަލް ވޯޓާއެކު ކުރީގައި އުޅެނީ ޖޯ ބައިޑަންއެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު