ޑރ. ޑިއޯގޯ ރަބެލޯ އޭނަގެ އަމިއްލަ ނަފްސާ ކައިވެނި ކުރުމުގެ ހަފްލާގެ ތެރެއިން.
ޑރ. ޑިއޯގޯ ރަބެލޯ އޭނަގެ އަމިއްލަ ނަފްސާ ކައިވެނި ކުރުމުގެ ހަފްލާގެ ތެރެއިން.
ލޯބިވެރިޔާ ވަކިވުމުން ބްރެޒިލްގެ ޑޮކްޓަރަކު އޭނާގެ އަމިއްލަ ނަފުސާ ކައިވެނިކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ޑރ. ޑިއޯގޯ ރަބެލޯ އޭނަގެ އަމިއްލަ ނަފްސާ ކައިވެނިކޮށްފައި މިވަނީ އޭނާ ކައިވެނި ކުރަން ކުރިން ހަމަޖެހިފައިވާ އޭނާގެ ލޯބިވެރިޔާ ރުޅިވުމުންނެވެ.

ޑރ. ޑިއޯގޯ އަދި އޭނާގެ ލޯބިވެރިޔާ ވިޓޯ ބުއޭނޯ ކައިވެނި ކުރުމަށް ނިންމައި ދެމީހުން އެންގޭޖް ވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި ދެމީހުން ކައިވެނި ކުރަން ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރުމަހުއެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައި ހިނގާދިޔަ ހަމަނުޖެހުން ތަކެއްގައި، މިދިޔަ ޖުލައި މަހު ވަނީ ދެމީހުންގެ ގުޅުން ކެނޑިފައެވެ.

ނަމަވެސް، ޑރ. ޑިއޯގޯ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއެކު ކައިވެނި ކުރަން ނިންމާފައިވާ ދުވަސް ކައިރިވުމުން، ކައިވެނި ހަފްލާ ކެންސަލް ކުރުމުގެ ބަދަލުގައި، އޭނާ ނިންމީ އޭނާގެ އަމިއްލަ ނަފްސާ ކައިވެނިކުރުމަށެވެ.

"މިއަދަކީ އަހަރެން އެންމެ އުފާވިދުވަސް، މިދުވަހަކީ ހިތާމަވެރި ދުވަހެއްގޮތުގައި ކުރިން ލަފާ ކުރެވުނަސް، އަހަރެންދެކެ އެންމެ ލޯބިވާ މީހުންނާ އެކީ މިދުވަސް ހޭދަކޮށްލާ އުފާވެރި މާހައުލެއް ބިނާކުރެވިއްޖެ." ކައިވެންޏަށްފަހު މީޑިޔާ އަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޑރ. ޑިއޯގޯ ބުނެފައިވެއެވެ.

"އަހަރެންގެ މިކައިވެނިން ދޭން ބޭނުންވާ މެސެޖަކީ، އުފާވެރިކަން ހޯދުމަށް ކައިވެންޏެއް ބޭނުންނުވާނެކަން. އަހަރެންވެސް ބޭނުންވޭ ކައިވެންޏެއްކޮށް އަމިއްލަ ދަރިއަކު ހޯދަން. އެކަމަކު އުފާވެރިކަން ހޯދާށޭ ކިޔާފައެއް ކައިވެންޏެއް ނުކުރާނަން." ޑރ. ޑިއޯގޯ ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން