އިއްޔެ ވައިގެމަގުން ރާއްޖެ ގެނައި އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުރި 6.75 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކޮންޓްރޯލް ޑެލިވަރީ ޖައްސައި އެ ޑުރަގާ ހަވާލުވުމުން ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އެއީ 21 އަހަރުގެ އެމްޑީ އަރުމާން އަލީ، 20 އަހަރުގެ އެމްޑީ ޖިހާދު ބިން އަރީފް، 41 އަހަރުގެ އެމްޑީ މިޒަންނޫނު ރަހްމާން އަދި 30 އަހަރުގެ މިރްޒާ އަލް އަމީންއެވެ. އެ މައްސަލައާ ގުޅިގެން އެ އެންމެންވެސް ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު ވަނީ އެމީހުން 15 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ މީހުން ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ފެނުނު މަސްތުވާތަކެތި މެތިލޯންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު