ށ. ނަރުދޫ ބަނދަރު އަލުން ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %67 މިހާރު ނިމިފައިވާކަމަށް، މި މަޝްރޫޢު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ކަނޑުއޮޅު ފުންކުރުމަށާއި، ރާޅާގަނޑު އެޅުމަށް ބޭނުންވާ ގާޖެހުމަށް ބިންގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ. މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ސައިޓު ހުންނަނީ ށ. ނަރުދޫގައެވެ. މި މަޝްރޫޢު ސަރުކާރުގެ ފަރާތުން ހިންގާ އިދާރާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރެވެ. އެމް.ޓީ.ސީ.ސީގެ މަސައްކަތްތެރިން 2023 ވަނަ އަހަރުގެ މާރޗް މަހުގެ 1 ވަނަ ދުވަހު ނަރުދޫއަށް ގޮސް ބަނދަރުގެ މަސައްކަތް ވަނީ ފަށާފައެވެ.
ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫޢުގެ ދަށުން، 55,332 ކިއުބިކް މީޓަރުގެ ދެމެދުރާސްތާ ފުންކުރުމާއި ބިންގަނޑު ކޮނުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 399 މީޓަރުގެ ރާޅާގަނޑަކާއި، 205 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ތޮއްޓެއް ލުމާއި، 210 މީޓަރުގެ ފަޅުތޮއްޓެއް ލުން ހިމެނެއެވެ. އަދި 955 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓު ގޯޅި އެޅުމާއި، ބަނދަރު ބައްތިތަކާއި ނެވިގޭޝަން ލައިޓު ބެހެއްޓުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން 604 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ގާޖެހުމާއި، 210 މީޓަރުގެ ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ފަޅުތޮށި ލުމާއި، 55,332 ކިއުބިކް މީޓަރުގެ ފުންކުރުމުގެ މަސައްކަތް އަދި 955 އަކަ މީޓަރުގެ ބަނދަރު ގޯޅި އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.
ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫޢަކީ ރަށުގެ އިޤްތިޞާދާއި، ދަތުރުފަތުރުގެ ނިޒާމަށް ގިނަގުނަ ފަސޭހަތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ. މަޝްރޫޢު ނިމުމުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވެ، ރައްކާތެރިކަމާއެކު ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު