އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޕެންސިލްވޭނިޔާ ސްޓޭޓްގެ ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަނެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
ޕެންސިލްވޭނިޔާ ސްޓޭޓްގެ ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބަލައި ނުގަނެ މައްސަލަ ކޯޓުން ބޭރުކޮށްލުމާމެދު ރަސްމީކޮށް މިއަދު ބަޔާނެއް ނެރޭނެކަމަށްވެސް އެމެރިކާގެ ސުޕްރީމް ކޯޓުން ހާމަކޮށްފައިވެއެވެ. އަދި ރަސްމީ ކޮށް ބަޔާނެއް ނެރެވެންދެންވެސް ޕެންސިލްވޭނިޔާ ސްޓޭޓްގެ ވޯޓު ގުނުން ކުރިއަށް ގެންދިއުމަށްވެސް އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.
އެމެރިކާގެ މިހާރުގެ ރައީސް އަދި އެމެރިކާގެ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރައްވާ ޑޮނަލްޑް ޓްރަމްޕް، ވޯޓު ގުނުން ހުއްޓައިދިނުމަށް އެދި ސުޕްރީމް ކޯޓައް ހުށައަޅާފައި ވަނީ އިދިކޮޅު ވާދަވެރި ޖޯ ބައިޑެން އަށް ކާމިޔާބު ލިބެން ފެށުމުންނެވެ. މީގެ އިތުރުން އެމެރިކާގެ ބޮޑެތި ސްޓޭޓް ތަކުގެ ވޯޓު ގުނައި ނިމިފައި ހުރުމުން ޕެންސިލްވޭނިޔާ ސްޓޭޓްގެ ވޯޓުގެ ނަތީޖާއިން އިންތިހާބު ކާމިޔާ ކުރައްވާނެ ބޭފުޅަކު ޔަގީންވުން އެކަށީގެން ވާތީ ކަމަށްވެސް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަމްސީލުކުރައްވާ ރިޕަބްލިކަން ޕާޓީއިން ބުނެފައިވެއެވެ.
ޓްރަމްޕް ވަނީ ގާނޫނާ ހިލާފު ވޯޓުތައް ގުނައި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ޖަހައިގަންނަން އުޅޭކަމަށްވެސް ތުހުމަތު ކުރައްވާފައިވެއެވެ.
ނަމަވެސް ޕެންސިލްވޭނިޔާ ސްޓޭޓްގެ 90 އިންސައްތަ އަށްވުރެވެސް ގިނަ ވޯޓު ވަނީ މިހާތަނަށް ގުނައިނިމިފައެވެ. އަދި މިހާތަނަށް ނަތީޖާ ދައްކާގޮތުން އިދިކޮޅުން ވާދަ ކުރާ ޖޯ ބައިޑެން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބޮޑުތަނުން ކާމިޔާބު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު