ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މިހާރު ދިރާސާކުރައްވަމުން ގެންދާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ޢާންމުންގެ ޚިޔާލު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ކަމަށެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ، ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރުމާގުޅޭ އުސޫލުތައް މުރާޖަޢާކުރުމާއި، ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލާ ގުޅިގެން ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ ބޭނުމުގައެވެ.
މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ.
ބިލުގެ މައިގަނޑު މަޤްޞަދަކީ، ޖިނާއީ މައްސަލަތަކުގައި ދައުލަތާއި ދަޢުވާލިބޭ ފަރާތުން ހެކި ހާމަކުރުމުގެ އުސޫލުތައް އިތުރަށް ސާފުކޮށް، ސިއްރު މަޢުލޫމާތާއި ހެކި ރައްކާތެރިކުރުމުގެ އިންތިޒާމުތައް ހަރުދަނާކުރުމެވެ.
ބިލުގައި ހިމެނޭ މުހިންމު އިޞްލާޙުތައް:
މާއްދާ 130 (ދައުލަތުން ހާމަކުރަންނުޖެހޭ މަޢުލޫމާތު): ޤާނޫނުގައި މިހާރު ހިމެނޭ ބައެއް ކަންކަން އިޞްލާޙުކޮށް، ދައުލަތުން ތަޙްޤީޤަށް ނުވަތަ ދަޢުވާ އުފުލުމަށް ތައްޔާރުކުރާ އެތެރޭގެ ލިޔެކިޔުންތަކާއި، ސިއްރު އޮޕަރޭޝަންތަކާ ގުޅޭ މަޢުލޫމާތާއި، ބައެއް ހާލަތްތަކުގައި ދައުލަތުގެ ހެކިވެރިންގެ ބަޔާންތަކަކީ ހާމަކުރަން ނުޖެހޭ މަޢުލޫމާތުކަން މި އިޞްލާޙުން ވަކިކޮށް ބަޔާންކުރެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން ތައްޔާރުކުރާ ރައުޔުތަކާއި، ޤާނޫނީ ލަފަޔާއި، ދިރާސާތަކާއި، ތަޙްލީލުތައް ވެސް ހާމަނުކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ. ނަމަވެސް، މަޢުލޫމާތުގެ ވަކި ބައެއް އުނިކޮށް ނުވަތަ ޚުލާޞާއެއް ފޯރުކޮށްދީގެން ސިއްރު ހިފެހެއްޓޭނަމަ، ހާމަކުރެވޭނެ ބައި ހާމަކުރަންވާނެއެވެ.
މާއްދާ 131 (ދައުލަތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދުން): މި މާއްދާގެ އަރިމަތީ ސުރުޚީ އިޞްލާޙުކުރެވި، ހެކި ހާމަކުރުމަކީ އިންޞާފުވެރިގޮތެއް ނޫން ކަމުގައި ފަނޑިޔާރަށް ޤަބޫލުކުރެވޭނެ ޙާލަތްތައް އިތުރަށް ތަފްޞީލުކުރެއެވެ. މި ޙާލަތްތަކުގެ ތެރޭގައި އެއްވެސް މީހަކަށް ޖިސްމާނީ ނުވަތަ އެކަށީގެންވާ ބޮޑު ގެއްލުމެއް ލިބިދާނެކަމުގެ ބިރު، ޖިނާއީ ތަޙްޤީޤަކާ ގުޅޭ އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހާމަވުން، ހެކީގެ ބާރު ކަނޑުވާލުން ނުވަތަ ހެކި ނައްތާލުން، ތިންވަނަ ފަރާތެއްގެ ޒާތީ މަޢުލޫމާތު ހާމަވުން، އަދި ވިޔަފާރީގެ ސިއްރުތައް ހާމަވުމުގެ އިޙްތިމާލު ހިމެނެއެވެ. މި މާއްދާގެ ދަށުން "ވިޔަފާރި ސިއްރު" ކަމަށް ބުނެފައި އެވަނީ ކޮންކޮން ކަންކަމަށްކަން ވެސް އައު އަކުރަކުން ބަޔާންކުރެއެވެ.
އައު މާއްދާ 131-1 (ދައުލަތުން ހާމަކުރާ މަޢުލޫމާތަށް ލިބިގެންވާ ރައްކާތެރިކަން): މި ބިލުން ޤާނޫނަށް އަލަށް އިތުރުކުރާ މި މާއްދާއިން، ދައުލަތުން ދަޢުވާލިބޭ ފަރާތަށް ހާމަކުރާ އެއްވެސް މަޢުލޫމާތެއް ނުވަތަ ހެއްކެއް ބޭނުންކުރަންވާނީ އެ މައްސަލައިގެ ދިފާޢަށް ތައްޔާރުވުމަށްޓަކައި ކަމަށާއި، އެ މަޢުލޫމާތު އެހެން ފަރާތްތަކާ ޙިއްޞާނުކުރުމަށް ލާޒިމުކުރެއެވެ.
މާއްދާ 133 (ދަޢުވާލިބޭ ފަރާތުން ހާމަކުރަންނުޖެހޭ މަޢުލޫމާތު): މި މާއްދާގެ އަރިމަތީ ސުރުޚީއާއި ފެށޭ ޢިބާރާތް އިޞްލާޙުކޮށް، ދަޢުވާލިބޭ ފަރާތުން ނުވަތަ އެ ފަރާތުގެ ވަކީލަކު ތައްޔާރުކުރާ ރިޕޯޓުތަކާއި، މެމޯތަކާއި، ޤާނޫނީ ތަޙްލީލުތަކަކީ ހާމަކުރަން ނުޖެހޭ މަޢުލޫމާތުކަން އިތުރަށް ސާފުކުރެއެވެ.
މާއްދާ 134 (ދަޢުވާލިބޭ ފަރާތުގެ ރައްކާތެރިކަމަށްޓަކައި އަމުރަކަށް އެދުން): މި މާއްދާގެ އަރިމަތީ ސުރުޚީ އިޞްލާޙުކޮށް، ހެކި ހާމަކުރުމަކީ އިންޞާފުވެރިގޮތެއް ނޫން ކަމުގައި ފަނޑިޔާރަށް ޤަބޫލުކުރެވޭނެ ޙާލަތްތައް ބަޔާންކުރެއެވެ. މި ޙާލަތްތަކުގެ ތެރޭގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިދާނެކަމުގެ ބިރު ނުވަތަ ހެކީގެ ބާރު ކަނޑުވާލުން ހިމެނެއެވެ.
ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ މާއްދާތައް އުނިކުރުން: ޤާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކާއި 202 ވަނަ މާއްދާ އުނިކުރުމަށްވެސް މި ބިލުގައި ހުށަހަޅާފައިވެއެވެ. މި މާއްދާތަކަކީ ޖިނާއީ މައްސަލަތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާބެހޭ ކަންކަމެވެ.މި މާއްދާތައް އުނިކުރުމުން މިކަންކަން ހިންގާނެ ގޮތްތައް އެހެން ޤާނޫނެއްގެ ދަށުން ނުވަތަ ވަކި ޤާނޫނަކުން ކަނޑައެޅުމަށް މަގުފަހިވާނެއެވެ.
ޢަމަލުކުރަން ފަށާނެ ތާރީޚު:
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު