މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ "ފުލް ކޮންޓޭނަރ ލޯޑް" (އެފް.ސީ.އެލް) ކޮންޓޭނަރތައް ކްލިއަރކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓަރމިނަލް (ޓީ.ސީ.ޓީ) އަށް ބަދަލުކޮށް، އެ ޓަރމިނަލްގައި މިއަދު ވަނީ ރަސްމީކޮށް މި ޚިދުމަތް ފަށާފައެވެ. މިއީ އެމް.ޕީ.އެލްއިން ތިލަފުއްޓަށް ބަދަލުކުރި ފުރަތަމަ އޮޕަރޭޝަނެވެ.
ތިލަފުށީގައި މި ޚިދުމަތް ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެން ތިލަފުށީގައި ހެދި 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ. މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރގެ ތެރެއިން ބޮޑުބައެއް ކްލިއަރކުރަނީ ކަނޑުމަގުން ކަމަށްވާއިރު، މީގެ ތެރޭގައި ގިނައީ "އެފް.ސީ.އެލް" ކޮންޓޭނަރެވެ. މި ވަގުތު ޑައިރެކްޓް ޑެލިވަރީ (ޑީ.އާރް)ގެ ގިނަ ކޮންޓޭނަރތައް ކަނޑުމަގުން ކްލިއަރކުރަނީ ހުޅުމާލެ ޓަރމިނަލްއިންނެވެ. މި އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ހުޅުމާލެ ޓަރމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބޭނެ ވަރަށް ބޮޑު ލުއިކަމެކެވެ.
އެންމެ ފުރަތަމަ މި ފެށީ "ޑައިރެކްޓް ޑެލިވަރީ" (ޑީ.އާރް)ގެ ގޮތުގައި "އެފް.ސީ.އެލް" ކޮންޓޭނަރ ކަނޑުމަގުން ކްލިއަރކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރ ބޭލުމުގެ ޚިދުމަތެވެ. ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީ.އާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލް އިން ކްލިއަރކުރެވޭނެއެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ ކާގޯ ކްލިއަރަންސްގެ ޚިދުމަތެއް ތިލަފުއްޓަށް ބަދަލުކުރުމަށް އެމް.ޕީ.އެލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތެއް ކުރި ކަމަށެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރެއްވިއެވެ. ސީ.އީ.އޯ ޝަފީގް އިތުރަށް ވިދާޅުވީ ތިލަފުށީގައި ކުރިއަށް އޮތް ތަނުގައި "ލެސް ދެން ކޮންޓޭނަރ ލޯޑް" (އެލް.ސީ.އެލް)ގެ ގޮތުގައި ގެންނަ ކާގޯ ކްލިއަރކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މިވަގުތު ތިލަފުށީގައި ކުރިއަށް އެބަދެއެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެއެވެ. މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު