މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، ނ. ހޮޅުދޫ، ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) އަދި ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ތިން މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 2 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މީހަކާ ވާހަކަދައްކައި، ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނ. ވެލިދޫން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެއިތުރުން، ޢަލީ ޢައްފާން އަދި މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ އޮގަސްޓު 7 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް ބުނެ، އޮޅުވާލައިގެން 30,000 ރުފިޔާ އަތުލި މައްސަލައެއްގައެވެ. މި ދެ މީހުން ވެސް ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 24 ވަނަ ދުވަހު ނ. ހޮޅުދޫން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިދީފައެވެ.
ފޭސްބުކް މެދުވެރިކޮށް ހިންގި މި ދެ ސްކޭމްގެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު