ހުޅުމާލޭގެ ފޭސް ތިނެއްގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5,000 ހައުސިން ޔުނިޓްގެ ބޮޑު ބައެއް، ބޯހިޔާވަހިކަން ބޭނުންވެފައިވާ ޒުވާނުންނާއި ތަފާތު ދާއިރާތަކުގެ މަސައްކަތްތެރިންނަށް ހާއްސަކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ډރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ނިއުސް ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި ބިނާކުރާ މި ތިން ކޮޓަރީގެ ފްލެޓްތައް ދޫކުރުމުގައި ހާއްސަ އިސްކަމެއް ދެވޭނީ ރިސޯޓްތަކާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެކިއެކި މަސައްކަތްތަކުގައި އުޅޭ، އަދި މިހާތަނަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ މަސައްކަތްތެރިންނަށެވެ.
ޖުމްލަ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި މަޝްރޫއަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދީގެން ހިންގާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުގެ ފަސްޓް ސޭލްގެ ތެރެއިން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 10 ޕަސެންޓް އާމްދަނީގެ ތެރެއިން އީގަލް ހިލްސްއިން އަޕްފްރޮންޓްކޮށް ހަރަދުކުރާ ފައިސާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އީގަލް ހިލްސްއިން އެ ފައިސާ ދައުލަތުގެ ރިޒާވްގައި ބަހައްޓައިދޭން އެދުނު ނަމަވެސް، އެކަން އެގޮތަށް ނުކޮށް ރައްޔިތުންނަށް އެންމެ މުހިންމު ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް އެ ފައިސާ ހަރަދުކުރަން ނިންމެވީ ސަރުކާރުން އަމިއްލައަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ އިތުރުން ފެނާއި، ކަރަންޓު އަދި ނަރުދަމާ ފަދަ އަސާސީ ހުރިހާ ވަސީލަތްތަކެއްވެސް އީގަލް ހިލްސްއިން ގާއިމްކޮށްދޭނެއެވެ. އަދި މިކަމުގެ ބަދަލުގައި ސަރުކާރުން އެއްވެސް މާލީ އިލްތިޒާމެއް ނުވަތަ ލޯނެއް ނަގަން ނުޖެހޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ހައުސިން ޔުނިޓްތަކުގެ ސްޓްރަކްޗާއާއި ބޭރުގެ ފިނިޝިން މަސައްކަތްތައް 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިންމައި، ގާނޫނީ ގޮތުން ރަޖިސްޓްރީކޮށް ހަވާލުކުރެވޭވަރު ވާނެ ކަމަށާއި، އެ ތަންތަން ދޫކުރާނީ ސަރުކާރުން ކަނޑައަޅާ ހެޔޮ އަގެއްގައި ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު