ޖޯ ބައިޑަން
ޖޯ ބައިޑަން
އެމެރިކާގެ ރިޔާސީ އިންތިހާބު، އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، މިހާތަނަށް ގުނާނިމިފައިވާ ވޯޓުތަކުން 284 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައި ވާތީ ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިކަން މިހާރުވަނީ ޔަގީންވެފައެވެ.

ޖޯ ބައިޑަން އަށް މިހާތަނަށް 74،847،843 ވޯޓު ލިބިވަޑައިގެންފައިވާއިރު މިއީ އެމެރިކާގެ ފާއިތުވެދިޔަ ދެ ރިޔާސީ އިންތިހާބާ އަޅާ ބަލާއިރުވެސް އެންމެ ގިނަ ވޯޓު ލިބިގެން އެމެރިކާގެ ރައީސަކު ހޮވުނު ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އަދި ރަސްމީކޮށް އިޢުލާންކޮށްފައިނުވިނަމަވެސް، ވޯޓުގެ ނަތީޖާ އާއެކު ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވައިފި ކަމަށް ބޭރުގެ ބޮޑެތި މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެން އަށް 284 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވިއިރު، އިންތިހާބުގައި ދެން ވާދަކުރެއްވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ލިބިވަޑައިގެންފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ.

ވޯޓުގެ ނަތީޖާ އިން ޖޯ ބައިޑަން އަށް އެމެރިކާގެ ރިޔާސަތު ކާމިޔާބު ވެފައިވާކަން ކަށަވަރު ވެފައިވާއިރު، ޖޯ ބައިޑެން އާއެކު ރަނިންގް މޭޓުގެ ގޮތުގައި ވާދަކުރެއްވި ކަމަލާ ހެރިސް ވެގެންދާނީ އެމެރިކާގެ ފުރަތަމަ އަންހެން ނާއިބު ރައީސާ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން