އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ޖޯ ބައިޑެން، ރައްޔިތުންނާ ވާހަކަ ދައްކަވަނީ
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ޖޯ ބައިޑެން، ރައްޔިތުންނާ ވާހަކަ ދައްކަވަނީ
އެމެރިކާގައި އެއްބައިވަންތަކަން ދަމަހައްޓަވާނޭ ރައީސަކަށް ވެވަޑައިގަންނަވާނޭކަމަށް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. ބައިޑަން މިހެން ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައްޔިތުންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރަށްވައި ވާހަކަ ދައްކަވަމުންނެވެ.

ޖޯ ބައިޑެންގެ ވާހަކަ ފުޅުން އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކާއެކު ގުޅުން ވަރުގަދަކޮށް، އެމެރިކާ އަކީ ދުނިޔޭގެ އެންމެން އިޚްތިރާމް ކުރާނޭ ގައުމަކަށް ހަދައިދިނުމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.

"އެމެރިކާގައި އެއްބައިވަންތަކަން ދަމަހައްޓާ، ވަކިވެގަތުން ނައްތާލައި، އެމެރިކާގެ ނޫކުލަ އާއި ރަތް ކުލައިން ގައުމު އެކުވެރިކަން މަތީ ދަމަހައްޓާ ރައީސަކަށް ވާނަން." ބައިޑަން ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންނަށް ހިއްވަރު ދެއްވައި އެކުވެރިކަން ދެމެހެއްޓުމަށްވެސް ޖޯ ބައިޑެން ވަނީ ގޮވާލައްވާފައެވެ.

"ނާކާމިޔާބީއަކީ އަހަރެންވެސް ތަހައްމަލު ކުރިކަމެއް. އެހެންނަމަވެސް މިވަގުތަކީ އެކަކު އަނެކަކަށް ފުރުސަތުދީ އެމެރިކާ އަލުން ކުރިއަރުވަން މަސައްކަތް ކުރަންވީ ވަގުތު." މިއާއެކު ބައިޑަން ވިދާޅުވީ އިދިކޮޅު ސަޕޯޓްރުންގެ ލޯބި ހޯއްދަވާނެކަމަށެވެ.

ޖޯ ބައިޑެންގެ ވާހަކަފުޅުގައި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމަށް އަލި އަޅުވާލައްވައި، ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުންގެ ޓީމެއް އެކުލަވާލައްވައި ލަފާ ހޯއްދަވާނޭކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސިއްހީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދައިދީ، ނަސްލީ ތަފާތު ކުރުން ނައްތާލައި މޫސުމީ ކާރިސާތަކުން ދުނިޔެ ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާނޭކަމަށްވެސް ޖޯ ބައިޑެން ވަނީ ވައުދުވެވަޑައިގެންފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު، ޖޯ ބައިޑެން ވަނީ ބޮޑު ތަނުން ކާމިޔާބު ކުރައްވާފައެވެ. ޖޯ ބައިޑަން އަށް 74،847،843 ވޯޓު ލިބިވަޑައިގެންފައިވާއިރު މިއީ އެމެރިކާގެ ފާއިތުވެދިޔަ ދެ ރިޔާސީ އިންތިހާބާ އަޅާ ބަލާއިރުވެސް އެންމެ ގިނަ ވޯޓު ލިބިގެން އެމެރިކާގެ ރައީސަކު ހޮވުނު ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން