ސައިފް އަލީ ޚާނާއި ދަރިފުޅު ތައިމުރް އަލީ ޚާން ދަނޑުހެއްދުމުގައި ހަރަކާތްތެރިވަމުންދިޔަ ފޯޓޯތައް.
ސައިފް އަލީ ޚާނާއި ދަރިފުޅު ތައިމުރް އަލީ ޚާން ދަނޑުހެއްދުމުގައި ހަރަކާތްތެރިވަމުންދިޔަ ފޯޓޯތައް.
އިންޑިޔާގެ ފިލްމީ ތަރި ސައިފް އަލީ ޚާނާއި ދަރިފުޅު ތައިމުރް އަލީ ޚާން ދަނޑުހެއްދުމުގައި ހަރަކާތްތެރިވަމުންދިޔަ ފޮޓޯތަކެއް އާންމުވެއްޖެއެވެ.

މިފޮޓޯތަކުން ފެންނަގޮތުން، ޕަތައުދީ ސްޓޭޓްގައި ހުންނަ ޕަތައުދީ ގަނޑުވަރުގައި ސައިފް އަލީ ޚާނާއި އޭނާގެ ދަރިފުޅު ތައިމުރް އަލީ ޚާން ދަނޑުހެއްދުމުގައި ހަރަކާތްތެރިވަމުންދެއެވެ. މީގެ އިތުރުން، އުމުރުން އެންމެ ތިން އަހަރުގެ ތައިމުރް ފެނިގެންގޮސްފައިވަނީ ދަނޑުހެއްދުމުގެ މަސައްކަތް ކުރަމުން ދިޔައިރު ޗަކަސްގަނޑަށް އެރި ބައްޕަ އާއެކު އަވަދިނެތި އުޅޭތަނެވެ.

ޕަތައުދީ ގަނޑުވަރު މިހާރު ނިސްބަތްވަނީ ޕަތައުދީ ސްޓޭޓްގެ ރަސްކަމުގެ އާއިލާއަކަށް ނިސްބަތްވާ ސައިފް އަލީ ޚާނައށެވެ. ނަމަވެސް މުމްބާއީގައި އާއިލާ އާއެކު ދިރިއުޅެމުންދާ ސައިފް އަލީ ޚާން ޕަތައުދީ ގަނޑުވަރު ބޭނުންކުރަނީ އާއިލާ އާއެކު ޗުއްޓީހޭދަކޮށްލާ ހިތްހަމަޖެހުން އިހުސާސްކޮށްލަން ބޭނުން ކުރާ ގަނޑުވަރެއްގެ ގޮތުގައެވެ.

މީގެ އިތުރުން، އަބަދުވެސް ޕަތައުދީ ގަނޑުވަރުގައި އާއިލާ އާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަން ނިންމާފައިވާކަމަށް މީގެ ކުރިންވެސް ސައިފް ވަނީ ބުނެފައެވެ.

ފިލްމީ ތަރި ސައިފް އަލީ ޚާން ދެން ފެނިގެންދާނީ އަރްޖުން ކަޕޫރް އަދި ޖެކްލިން ފެނާންޑޭޒް އާއެކު ބޫތު ޕޮލިސް ނަމަކަށް ކިޔާ ހިންދީ ފިލްމަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން