ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ނައިފަރު އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޅ. ނައިފަރު، ނިއާމު، އުމުރުން 31 އަހަރުގެ ފާޠިމަތު ސަނާ ޙުސައިން އެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން ޓްރެފިކް ކުރުމުގެ ތުހުމަތެވެ.

އޭނާގެ ބަންދު އަމުރުގައި ވަނީ، ސަނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން އޭނާގެ ލަގެޖް ފޮށި ބަލައި ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 31.17 ގްރާމް ހުރި ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ވަނީ ފެނިފައެވެ.

ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުން އެނގޭ ގޮތުގައި، ސަނާ އަކީ އެހެން ބަޔަކާ ގުޅިގެން މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހެކެވެ. މީގެއިތުރުން މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ މައުލޫމާތު އޭނާއަށް އެނގޭ ކަމަށާއި، ފޯނު މެދުވެރިކޮށް މަސްތުވާތަކެތީގެ އެކި މުއާމަލާތްތައް އޭނާ ކުރަމުންދާކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނިންމާފައިވަނީ، ސަނާ ހައްޔަރު ކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ހުށަހެޅިފައިވާތީއާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، 10 ދުވަހުގެ މުއްދަތަކަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ގާޟީ އަޙްމަދު ނިޔާޒް ވަނީ އަމުރުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް