ރާނީ އެލިޒަބަތު ފުރަތަމަ ފަހަރަށް މާސްކު އަޅުއްވައިގެން ރަސްމިއްޔާތެއްގައި
ރާނީ އެލިޒަބަތު ފުރަތަމަ ފަހަރަށް މާސްކު އަޅުއްވައިގެން ރަސްމިއްޔާތެއްގައި
ކޯވިޑް ފެތުރެން ފެށިފަހުން އިނގިރޭސި ރާނީ، ކުއީން އެލިޒަބަތު ފުރަތަމަ ފަހަރަށް މާސްކެއް އަޅުއްވައިގެން އާއްމު ތަނަކަށް ނިކުމެވަޑައިގަންނަވައިފިއެވެ.

އިނގިރޭސި ރާނީ މާސްކު އަޅުއްވައިގެން ވަޑައިގަންނަވާފައިވަނީ ހަނގުރާމަތަކުގައި މަރުވެފައިވާ އިނގިރޭސިންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތަކަށެވެ. ވެސްޓް މިންސްޓަރ އަބޭގައި އޮތް މިރަސްމިއްޔާތަށް ކްއީން އެލިޒަބަތު ވަޑައިގަންނަވާފައިވަނީ ތުރުކުރައްވައިގެން ހުންނެވި ކަޅު ކުލައިގެ ހެދުންކޮޅާއި ގުޅުވައިގެން ކަޅުކުލައިގެ މާސްކެއް އަޅުއްވައިގެނެވެ. މާސްކުގެ އަރިމަތީގައި ވަށައިގެން ހުދުކުލައިގެ ލައިނެއްވެސް ހުއްޓެވެ. ޚަބަރުތައް ބުނާގޮތުން މި މާސްކު ފަރުމާކޮށްފައިވަނީ، ރާނީގެ ޕާސަނަލް ކިއުރޭޓަރ, އެންޖެލާ ކެލީއެވެ.



ކޯވިޑް ފެތުރެން ފެށި ފަހުން މާސްކު އަޅުއްވައިގެން ފުރަތަމަ ފަހަރަށް ރާނީ އެލިޒަބަތު ބޭރަށް ނުކުމެވަޑައިގެންފައިވާއިރު، އިނގިރޭސިވިލާތުގައި ކޯވިޑް ގަދައަށް ފެތުރެމުންދަނިކޮށް މިދިޔަ އޮކްޓޫބަރުމަހު އޮތް ރަސްމިއްޔާތަކަށް އެކަމަނާ ހާޒިރުވެވަޑައިގަތީ މާސްކު ނާޅުއްވައެވެ. އެރަސްމިއްޔާތުގައި ރާނީ މާމަދަރިކަލުން ޕްރިންސް ވިލިއަމްވެސް ހުންނެވީ މާސްކު ނާޅުއްވައެވެ. ނަމަވެސް އެރަސްމިއްޔާތަށް ހާޒިރުވި އެންމެން ވަނީ ރަސްމިއްޔާތަށް ހާޒިރުވުމުގެ ކުރިން ކޯވިޑަށް ޓެސްޓްކޮށް، ނެގެޓިވް ނަތީޖާއެއް ލިބުނުކަން ކަށަވަރުކޮށްފައެވެ.



ރާނީ މާސްކު ނާޅުއްވާ ރަސްމިއްޔާތަށް ވަޑައިގަތުމާ ގުޅިގެން ބަކިންހަމް ޕެލަސްއިން ބުނީ، އެއީ ޑޮކްޓަރުންގެ ލަފާފުޅާއެކު ރާނީ ނިންމެވި ނިންމެވުމެއްކަމަށެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް ފެތުރެން ފެށި ދުވަސްވަރު އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްވެސް ކޯވިޑަށް ޕޮޒިޓިވްވިއެވެ. ނަމަވެސް އުމުރުފުޅުން 71 އަހަރުގެ ޗާލްސްއަށް މާބޮޑުވަރުނުވެ، ބަލިން ސަލާމްވިއެވެ.

ޚަބަރުތައް ބުނާގޮތުން މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ޕްރިންސް ޗާލްސްވެސް ވަނީ ކޯވިޑަށް ޕޮސިޓިވްވެފައެވެ. ނަމަވެސް ޝާހީ އާއިލާއިން ވަނީ އެކަން ސިއްރުކޮށްފައެވެ. އަދި އެކަން ސިއްރުކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސުވާލުވެސް އުފައްދާފައެވެ.

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުންގެ އިތުރުން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަންވެސް ވަނީ މީގެކުރިން ކޯވިޑަށް ޕޮޒިޓިވްވެ، އައިސޮލޭޝަންގައި މުއްދަތެއް ހޭދަކުރަށްވާފައެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް ކޮންޓްރޯލްވެފައި ނުވާއިރު، އެޤައުމު މިހާރު ވަނީ ދެވަނަ ލޮކްޑައުންއަކަށް ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން