1833 ވަނަ އަހަރު ގްރީސްގެ އެތެންސް ސިޓީގައި ބިނާ ކުރަންފެށި މިސްކިތް 200 އަހަރަށް ފަހު ހުޅުވައިފިއެވެ.
200 އަހަރަށް ފަހު ހުޅުވި މި މިސްކިތުގައި އެންމެ ފުރަތަމަވެސް ކުރެވުނީ ހުކުރު ނަމާދެެވެ. އެއީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި މިއީ 200 އަހަރު ކުރިން އޮޓަމަނުންގެ ކިބައިން އެތެންސް އަތުލި ފަހުން އެ ސިޓީގައި ރަސްމީގޮތުން ހުޅުވި ފުރަތަމަ މިސްކިތެވެ.
1890 ގެ އަހަރު ތަކުގައި އަމަލީ ގޮތުން މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށި ނަމަވެސް މިމިސްކިތް ބިނާކޮށް ނިންމުމަށް އެތައްގަރުނެއް ހޭދަވީ ގްރީސްގެ ޔަހޫދީ އާބާދީގެ ފަރާތުން ކުރިމަތިވި ގޮންޖެހުން ތަކާއެކުއެވެ. މިފަދަ ގޮންޖެހުންތަކާއެކު މުސްލިމުންގެ އެތައް ހާސް ބައެއްގެ އާބާދީއެއް ހިއްސާކުރާ އެތެންސް ސިޓީގައި މިދިޔަ 200 އަހަރު ތެރޭގައި ރަސްމީ މިސްކިތެއް ބިނާކުރެވިފައެއްނެތެވެ.
މި މިސްކިތް ހުޅުވުމާއި ގުޅިގެން އެތެންސްގެ މި މިސްކިތްް ބެލެހެއްޓުމާ ހަވާލުވެފައިވާ ކައުންސިލުން ހާމަކޮށްފައިވާގޮތުން މިއީ އެތެންސްގެ މުސްލިމުންގެ އާބާދީގެ އެތައް ގަރުނެއްވީ ހުވަފެނެކެވެ. ހަމަމިއާއެކު ރަސްމީ މިސްކިތެއްގައި މިނިވަންކަމާއެކު ނަމާދުކޮށްލުމުގެ އުފާ ހާސިލް ވިކަމަށްވެސް މިސްކިތްް ބެލެހެއްޓުމާ ހަވާލުވެފައިވާ ކައުންސިލުން ހާމަކޮށްފައިވެއެވެ.
200 އަހަރަށްފަހު ގްރީސްގައި ރަސްމީކޮށް މިސްކިތެއް ހުޅުވި ނަމަވެސް އެތެންސްގެ ބައެއް މުސްލިމުންވަނީ މިމިސްކިތުގައި އެހެން މިސްކިތްތަކުގައި ހުންނަހެން މުންނާރެއްނެތުމާއި މިސްކިތުގެ ބޭރު ފާރުގައި އަޅި ކުލަ ލާފައިހުރުމުން ފާާޑުކިޔާފައެވެ.
ހުކުރު ދުވަހު މިމިސްކިތް ހުޅުވާފައި ވީނަމަވެސް، ގްރީސްގައި ކޮވިޑް ޖެހޭ މީހުން ގިނަވެ، މިދިޔަ ހޮނިހިރު ދުވަހު ގްރީސް ލޮކްޑައުން ކުރުމާއެކީ މިސްކިތުގައި ނަމާދުކުރުންވެސް ވަނީ ވަގުތީ ގޮތުން މަނާކުރެވިފައެވެ. މިސްކިތުގައި އަލުން ނަމާދު ކުރުމަށް ހުޅުވާލެވޭނީ ގްރީސްގައި ކުރިއަށްދާ ލޮކްޑައުން ނިމުމަކާ ހިސާބަށް ދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު