މާނަވީ އިންސާނީ ބިނާކުރުމާއި ޢުމްރާނީ ތަރައްޤީ ހާސިލުވެފައިވާ ތަހުޒީބު މުޖުތަމަޢެއްގެ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވެވި، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.
ރައީސް ވަނީ ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ، މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ ޢުމްރާނީ ބިނާކުރުމުގެ މައްޗަށްކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމެއްގެ ކުރިއެރުމުގެ ފުރާނައަކީ އުންމީދީ ވިސްނުމާއި ހަމަޖެހުމާއި އެއްބައިވަންތަކަންކަމުގައި ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ތަޞައްވުރަކީ ދިވެހި ޤައުމިއްޔަތުގެ ތަރަހައިގެ މަތީގައި ދިވެހިރާއްޖެ އާ ޒަމާނަކަށް ހިނިތުންކުރުމެވެ. އެގޮތުން އިސްލާމްދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރެވިފައިވާ، ފަރުދީ އަދި ޤައުމީ ފާގަތިކަން ކަށަވަރުވެފައިވާ، މޫސުމީ އަދި ދުނިޔަވީ އަސަރުތަކަށް ވިލުންތެރި ޤައުމެއް ބިނާކުރުމަކީ އެމަނިކުފާނުގެ އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުރިހާ މާނައެއްގައި ޝާމިލު، ގުޅުންތެރިކަން ޤާއިމުކުރެވިފައިވާ، އީޖާދީ އަދި އުފެއްދުންތެރި އިޤުތިޞާދެއްގެ ވެރި، ދުޅަހެޔޮ ތަޢުލީމީ ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ، އިތުބާރު ލިބިގެންވާ ތަހުޒީބު މުޖުތަމަޢަކަށް ރާއްޖެ ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.މި ރޫޙުގައި، ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، ދިވެހީންނާ ހަމައަށް މި ޤައުމު ވާރުތަވެފައިވަނީ އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އެއް ސަގާފަތެއް ޙިއްޞާކުރާ، އަމާން ރައްކާތެރި ޤައުމެއްގެ ގޮތުގައިކަމަށެވެ. އަދި ދިވެހިރާއްޖެ ހޯދާފައިވާ ހުރިހާ ކުރިއެރުމެއްގެ އަސްލަކީ ދިވެހީންގެ އުންމީދީ ވިސްނުމާއި، އަޚްވަންތަ އެކުވެރިކަމާއި، ޤައުމީ ސަފުތަކުގެ ބަދަހިކަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ޖުމްހޫރީ ދުވަހު ދިރުވަންވީ ދިވެހި ރައްޔިތުންގެ މުސްތަޤުބަލުގެ އަމާންކަމަށް އާނއެކޭ ބުނުމުގެ ރޫޙުކަމަށެވެ. އަދި ދިވެހި ޤައުމުގެ އަމާންކަމަށް ހުރަސްއަޅައި، މުސްތަޤުބަލުގެ ކުރިއެރުމަށް ލޮޅުންއަރުވަން މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު