އެމެރިކާގެ ނިއުޔޯކްގެ ބްރޫކްލިން ޖަލުގައި ޝަރީއަތުގެ އިންތިޒާރުގައި ހުންނެވި ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ، ޖަލުގައި ގިނަ ވަގުތު ހޭދަކުރައްވަނީ ދީނީ ފޮތްތައް ކިޔުއްވުމުގައާއި ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުމުގައި ކަމަށް 'ދަ ނިއުޔޯކް ޓައިމްސް' އިން ރިޕޯޓްކޮށްފިއެވެ.
މަޑޫރޯގެ ހާލަތު ދަންނަ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، ބްރޫކްލިންގެ މެޓްރޮޕޮލިޓަން ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުންނެވި މަޑޫރޯ ވަނީ ރޫޙާނީ ދަތުރެއް ފައްޓަވާފައެވެ. އެގޮތުން އޭނާ އެންމެ ގިނަ ވަގުތު ހޭދަކުރައްވަނީ ބައިބަލްއާއި ކީރިތި ޤުރުއާން ކިޔުއްވުމުގައި ކަމަށާއި، ފާދިރީއަކާއި ޔަހޫދީ ދީނީ އިލްމުވެރިއަކާ (ރައްބީ) ވެސް ބައްދަލުކުރައްވާފައިވާ ކަމަށް އެ ރިޕޯޓްގައިވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެމެރިކާ ސިފައިން ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގައި ހިންގި އޮޕަރޭޝަނެއްގައި މަޑޫރޯއާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ހައްޔަރުކޮށް ނިއުޔޯކަށް ގެންދިޔަ ފަހުން ތިއްބެވީ ފެޑެރަލް ބަންދުގައެވެ.
ފެޑެރަލް ދައުވާތަކަށް އިންކާރު ކުރައްވައި މަޑޫރޯ ވިދާޅުވެފައިވަނީ އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށެވެ. މީގެ އިތުރުން، ޖަލުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޖަލުގެ ކާނާގެ ފެންވަރު ދަށްވުމުގެ ސަބަބުން މަޑޫރޯ ވަރަށް ބޮޑަށް ހިކި، ބަރުދަން ލުއިވެފައިވާ ކަމަށްވެސް އޭނާއާ ގާތް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
ނިއުޔޯކް ޓައިމްސްގެ މި ރިޕޯޓް ބިނާކޮށްފައިވަނީ މަޑޫރޯގެ ޖަލު ދިރިއުޅުމުގެ ކަންކަން އެނގޭ ފަރާތްތަކުގެ މައުލޫމާތުގެ މައްޗަށެވެ.
އެހެންނަމަވެސް، ޖަލު ބަލަހައްޓާ އިދާރާތަކުން ނުވަތަ ވައިޓް ހައުސްއިން މިކަންކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި ދީނީ އިލްމުވެރިންނާއެކު މަޑޫރޯ ބޭއްވެވި ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއްވެސް އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު