ރ. ފައިނުގައި ތަރައްޤީކުރަމުން އަންނަ ޕޮލިސް ޕޯސްޓް އިމާރާތުގެ ރޭނުމުގެ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ގައު އެތުރުމާއި ރޭނުމުގެ (މޭސަނަރީ ބްލޮކް ވޯކްސް) މަސައްކަތްތަކެވެ. އަދި މީގެކުރިން، އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެމްބަރު މަހުގެ މެދަކާ ހަމައަށް އެ އިމާރާތުގެ ފުރާޅު އެޅުމުގެ މަސައްކަތްތައް ވެސް ވަނީ ކޮށްފައެވެ.
ފައިނު ޕޮލިސް ޕޯސްޓް ޤާއިމުކުރުމުގެ މަސައްކަތަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްޓީސީސީއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނު ތަންފީޒުކުރުމުގެ އޮނިގަނޑު ހަރުދަނާކޮށް، މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ބައެކެވެ.
މި އެއްބަސްވުމުގެ ދަށުން ރ. ފައިނުގެ އިތުރުން އދ. އޮމަދޫ، އއ. ފެރިދޫ، ބ. މާޅޮސް، ރ. ކިނޮޅަސް، ނ. ފޮއްދޫ، ހދ. ފިނޭ، ދ. ރިނބުދޫ، ނ. މާފަރު އަދި ބ. ފުޅަދޫ ހިމެނޭހެން ޖުމްލަ 10 ރަށެއްގައި ޕޮލިސް ޕޯސްޓް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިތުރު 5 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު