ދެއްވަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ދެއްވަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ގއ. ދެއްވަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ދަނޑުގައި ޓަރފް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މުޅި މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ބިނާކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ ދަނޑުގައި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 8،477 އަކަމީޓަރުގެ ސަރަޙައްދެއް ސާފުކޮށް ކޮނުމާއި، ބިންގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ޑްރެއިނޭޖް ގަޓަރު އެޅުމާއި، ސޯކްޕިޓް އަދި ކާބްސްޓޯން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އަދި މީގެއިތުރުން، ޑްރެއިނޭޖް ގަޓަރު އެޅުމުގެ ބާކީ ހުރި މަސައްކަތްތައް ނިންމުމާއި، ޕޭވިންގ އެޅުމާއި، ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ

މަސައްކަތްތައްވެސް އެމްޓީސީސީން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢު ނިމިގެންދާއިރު ދެއްވަދޫގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ޒުވާނުންނަށް ފުރިހަމަ ވަސީލަތްތަކާއެކު ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް