އިންޑިއާގެ އާ ސްޓާޓްއަޕް އެއާލައިނެއް ކަމަށްވާ 'އެއާ އިންޑޯ'
އިންޑިއާގެ އާ ސްޓާޓްއަޕް އެއާލައިނެއް ކަމަށްވާ 'އެއާ އިންޑޯ'
އިންޑިއާގައި އަލަށް އުފައްދާ ސްޓާޓްއަޕް އެއާލައިނެއް ކަމަށްވާ 'އެއާ އިންޑޯ' ގެ ވިޔަފާރި ދަތުރުތައް، 2027 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފެށުމަށް އަމާޒު ހިފައިފިއެވެ.

ވިޔަފާރިވެރިޔާ ސްރީނިވާސް ޗިލުކޫރީ އިސްނަންގަވައިގެން، އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި މައި މަރުކަޒު ގާއިމުކޮށްފައިވާ މި އެއާލައިނުގެ ދަތުރުތައް ރަސްމީކޮށް ފެށޭނީ، އެ ގައުމުގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ދޫކުރާ އެއާ އޮޕަރޭޓާ ސެޓްފިކެޓް (އޭއޯސީ) ލިބުމާ ގުޅިގެންނެވެ.

އިންޑިއާގެ އެތެރޭގެ ސަރަހައްދީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަންދޭ މި އެއާލައިނުން ފުރަތަމަ މަރުހަލާގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ވިސާކާޕަޓްނަމް، ވިޖަޔަވާޑާ، ހައިދަރުއާބާދު އަދި ގޯއާ ފަދަ މުހިންމު މަންޒިލްތަކަށެވެ.

މި ދަތުރުތައް ކުރުމަށް އެއާ އިންޑޯއިން ބޭނުންކުރުމަށް ނިންމާފައިވަނީ އޭޓީއާރު 72-600 މަރުކާގެ މަތިންދާބޯޓެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި މި މަރުކާގެ ފަސް ބޯޓު ގެނައުމަށް ރާވާފައިވާއިރު، މި މުޅި މަޝްރޫއަށް ގާތްގަނޑަކަށް 390 ކްރޯޑް އިންޑިއަން ރުޕީސް (47 މިލިއަން އެމެރިކާ ޑޮލަރު) އިންވެސްޓްކުރުމަށް ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް