އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ.
އެމެރިކާގެ ރިޔާސީ އިންތިހާބު ނިންމައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ތައްޔާރުވެ ވަޑައިގަންނަވާކަން މައިކް ޕޮމްޕިއޯ ވިދާޅުވެފައިވާއިރު އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް، ޖޯ ބައިޑަންއެވެ.

"މުޅި ދުނިޔެއިންވެސް ގަބޫލު ކުރަންވާނެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށްް އައުމަށް ސްޓޭޓް ޑިޕާޓްމެންޓުން ތައްޔާރު ވަމުންދާކަން. ޖެނުއަރީ 20 ވަނަ ދުވަހު މިކަން ކާމިޔާބު ވާނެ." ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވިއެވެ.

މަައިކް ޕޮމްޕިއޯ މިހެން ވިދާޅުވެފައި ވީނަމަވެސް އެމެރިކާގެ ރިޔާސީ އިންތިހާބު ނިންމައި ނަތީޖާ އާންމު ކުރުމުން ދުނިޔޭގެ އެތައްގައުމެއްގެ އިސްވެރިން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި ޑޮނަލްޑް ޓްރަމްޕް އަދި ޓްރަމްޕްގެ ސަޕޯޓަރުން ދަނީ އަޑުއުފުލަމުންނެވެ. މިގޮތުން އިންތިހާބުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވިދާޅުވެ އިންތިހާބުގެ ވޯޓުތައް އަލުން ގުނުމަށްވެސް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. އަދި ވޯޓުގެ ސައްހަކަމާއި ވޯޓު ގުނުމާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ނިމިދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕް އާއި ވާދަ ކުރެއްވި އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް، ޖޯ ބައިޑެން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން