އެމެރިޔާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންގެ ޗީފް އޮފް ސްޓާފަކަށް ރޮން ކްލެއިން ހަމަޖައްސައިފިކަމަށް ޖޯ ބައިޑެން އިއުލާން ކުރައްވައިފިއެވެ.
ރޮން ކްލެއިން އަކީ އޮބާމާގެ ރިޔާސަތުގައި ބައިޑަން ނާއިބްރައީސަކަށް ހުންނެވިއިރު އޭނާގެ ޗީފް އޮފް ސްޓާފްވެސްމެއެވެ.
ޗީފް އޮފް ސްޓާފަކަށް ރޮން ކްލެއިން ހަމަޖައްސައިފިކަމަށް އިއުލާން ކުރަށްވަމުން ޖޯ ބައިޑެން ވިދާޅުވެފައިވަނީ ރޮން ކްލެއިން އަކީ އެކުގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ގާތް އެކުވެރިއެއްގެ އިތުރުން އިތުބާރު ހިފޭ ބޭފުޅެއް ކަމަށެވެ.
"އެމެރިކާ މިއޮތްހާލަތުން އަރައިގަނެ ރިޔާސަތު ދެމެހެއްޓުމުގައި އެންމެ ބޮޑަށް ބޭނުންވާނީ ރޮން ކްލެއިން ކަހަލަ، މީހުންނާ ގުޅޭ އެކި ކަހަލަ ސިޔާސީ ވެރިންނާއެކު މަސައްކަތް ކުރެވޭނެ އަދި މަސައްކަތުގެ ތަޖުރިބާ ހުރި މީހެއް." ޗީފް އޮފް ސްޓާފަކަށް ރޮން ކްލެއިން ހަމަޖައްސައިފިކަމަށް އިއުލާން ކުރަށްވަމުން ޖޯ ބައިޑެން ވިދާޅުވެފައިވެއެވެ.
ޖޯ ބައިޑެންގެ ޗީފް އޮފް ސްޓާފަކަށް ރޮން ކްލެއިން ހަމަޖައްސަވައިފިކަމަށް އިއުލާންކުރަށްވާފައިވާއިރު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ގެންދަވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ އަޑުއުފުއްލަވަމުންނެވެ.
މީގެ އިތުރުން އެމެރިކާގެ ރިޔާސީ އިންތިހާބު ނިންމައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު