ނިކް ޖޯނަސް އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް.
ނިކް ޖޯނަސް އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް.
ލޮކްޑައުންގައި އެންމެ އުފާވީ އަނބިމީހާއާއެކީ ގިނަ ވަގުތު ހޭދަ ކޮށްލެވުމުންކަމަށް ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބުނެފިއެވެ.

ދިރިއުޅުމަށް އެތަކެއް ބަދަލުތަކެއް ކުރިމަތިކުރުވި ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމެއް ލޮކްޑްއުންކޮށް ރައްޔިތުން ގޭގައި ތިބެން އަންގާފައިވާއިރު އާންމު ދިރިއުޅުމުގައި ވަޒީފާ އަދި އެހެނިހެން ކަންކަމުގައި ބިޒީކޮށް އާއިލާއާއި ދުރުގައި އުޅޭ ފަރާތްތަކަށް މި ލޮކްޑައުން ވެގެންދިޔައީ އާއިލާ އާއެކު ގިނަ ވަގުތު ހޭދަ ކޮށްލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ.

މިގޮތުން ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް، އޭނާގެ އަނބިމީހާ، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއެކު ގިނަ ވަގުތު ހޭދަކޮށްލަން ލިބުނު ލޮކްޑައުންގެ ދުވަސް ތަކަކީ އެންމެ އުފާވެރި ދުވަސްތައް ކަމުގައިވެއެވެ.

"ބިޒީ ޝެޑިއުލް އެއްގައި އުޅެން ޖެހުމުން، މިދިޔަ އަހަރު ތަކުގެ ތެރޭގައި އަނބިމީހާއާއި އެއްކޮށް ވަގުތު ހޭދަކޮށްލަން މިހާގިނަ ވަގުތެއް ލިބިފައެއްނުވޭ. ލޮކްޑައުންގެ ދުވަސް ތަކުގައި އަންހެނުން ޕްރީ ޔާ އެކީ ގިނަވަގުތު ހޭދަކޮށްލަން ލިބުމުން ވަރަށް އުފާވި. އަދި އެކުގައި މަސައްކަތް ކޮށްލުމަށް ކަންކަން ރާވައިލުމަށް ފުރުސަތުވެސް ލިބިގެންދިޔަ." އޮންލައިން އިންޓަވިއުއެއްގައި ނިކް ޖޯނަސް ބުނެފައިވެއެވެ.

އިންޑިޔާގެ ބޮލީވުޑުން މަޝްހޫެރުކަން ލިބުނު މިސް ވޯލްޑް، ޕްެރިޔަންކާ ޗޯޕްރާ އަކީ މިހާރު ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ އަލިގަދަ ތަރިއެކެވެ. ޕްރިޔަންކާ އަދި ނިކްޖޯނަސް ކައިވެނީގެގޮތުން ގުޅިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން