ޓައިގަރ ޝްރޮފް އަދި ދީޝާ ޕަޓާނީ.
ޓައިގަރ ޝްރޮފް އަދި ދީޝާ ޕަޓާނީ.
ބޮލީވުޑްގެ ފިލްމީތަރި ޓައިގަރ ޝްރޮފް އަދި އޭނާގެ ލޯބިވެރިޔާ ދީޝާ ޕަޓާނީ މިދިޔަ ބުދަދުވަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.

ފިލްމީތަރި ޓައިގަރ ޝްރޮފް މިދިޔަ ބުދަ ދުވަހު އިންސްޓަގްރާމް އިން އާންމު ކޮށްފައިވާ ފޮޓޯ އިންވެސް މިދެތަރިން މިދިޔަ ބުދަދުވަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދާކަމަށް އެނގިގެންދެއެވެ. ޓައިގަރ ޝްރޮފް އާންމު ކޮށްފައިވާ ފޮޓޯއިން ފެނިގެންދަނީ ސީޕްލޭންގައި އެމީހުން ޗުއްޓީ ހޭދަކޮށްލުމަށް ހަމަޖެހިފައިވާ ރިސޯޓަށް ދިޔަ ދަތުރުގައި އެރަށް ލެފުމަށްފަހު ސީޕްލޭންގެ ކައިރީގައި ހުއްޓިލައިގެން ހުރެ ނަގާފައިވާ ފޮޓޯއެކެވެ.

ޓައިގަރ ޝްރޮފް އަދި ލޯބިވެރިޔާ ދީޝާ ޕަޓާނީ ވަނީ ކޮވިޑްގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން، މިއަހަރުގެ ފެށުން ފާހަގަ ކުރުމަށްވެސް ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އާއަހަރު ފާހަގަ ކުރުމަށް ދެތަރިން ޗުއްޓީ ހޭދަކޮށްފައިވަނީ ސޮނެވާ ޖާނީގައެވެ.

މިދެތަރިން ދިމާވެފައި ވަނީ 2017 ވަނަ އަހަރު ހިންދީ ފިލްމު ބާޣީ 2 އިންނެވެ. އެފިލްމަށް ފަހު ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ ތަފާތު ހަބަރުތައް ފެތުރިފައިވީނަމަވެސް މިކަމުގައި ރަސްމީކޮށް ދެތަރިންވެސް ބަހެއް ބުނެފައެއްނުވެއެވެ.

ޓައިގަރ ޝްރޮފް އަދި ދީޝާ ޕަޓާނީގެ އިތުރުން އިންޑިޔާގެ ގިނަ ފިލްމީ ތަރިންތަކެއް ދިވެހި ރާއްޖޭގައި މިއަހަރުވެސް ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ތާޕްސީ ޕަންނޫ، ވަރުން ދަވަން، މޯނީ ރޯޔީ، ނޭހާ ދޫޕިޔާ، އަންގަދް ބޭދީ، އަދި ކާޖަލް އަގަރްވާލް ހިމެނެއެވެ.

ކޮވިޑުގެ ލޮކްޑައުންނަށްފަހު ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވުމުން، ބޭރުގެ ގިނަ މަޝްހޫރު ފަންނާނުންތަކެއް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދާއިރު ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަގޮތުން، ބަލިމަޑު ކަމުގެ ތެރޭގައިވެސް ރާއްޖޭގެ ރިސޯޓުތައް މިވަނީ ރައްކާތެރި މަންޒިލަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން