ޗައިނާއަށް އެތެރެކުރާ ފިނިކުރި ކާބޯތަކެތި ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގެ ތެރެއިން ބްރެޒިލުން އެގައުމަށް އެތެރެކޮށްފައިވާ ގެރިމަސްް ޕެކެޓުތަކަކުން ކޮރޯނާވައިރަސް ފެނިއްޖެއެވެ.
ޗައިނާގެ ވޫހާން ސިޓީ އަށް އޮގަސްޓް މަހު އެތެރެކުރި މި ގެރިމަސްް ޕެކެޓުތައް ޓެސްޓު ކުރުމުގެ ކުރިން އެތަކެތި ބަހައްޓާފައި ހުރީ ފިނިކުރި ކޮންޓެއިނަރއެއްގައި ކަމަށް ޗައިނާގެ ވޫހާން ސިޓީގެ އިދާރާ ތަކުން ހާމަކޮށްފައިވެއެވެ. އަދި ޓެސްޓު ކުރުމުން ކޮރޯވައިރަސް ހުރިކަމަށް ބެލެވުނީ ގެރިމަސް ބަންދުކޮށްފައި ހުރި ތިން ޕެކެޓަކުން ކަމަށްވެސް ވޫހާން ސިޓީގެ އިދާރާ ތަކުން ހާމަކޮށްފައިވެއެވެ.
ޗައިނާއަށް ބްރެޒިލުން އެތެރެކޮށްފައިވާ ގެރިމަސްް ޕެކެޓުތަކަކުން ވައިރަސް ފެނުނު އިރު މީގެ ކުރިން އާޖެންޓީނާ އިން ޗައިނާއަށް އެތެރެކޮށްފައިވާ ގެރިމަސްް ޕެކެޓުތަކަކުންވެސް ކޮރޯނާވައިރަސް ފެނިފައިވެއެވެ.
ކޮރޯނާ ވައިރަސް ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީ އިން މި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް މި ވައިރަހަށް ޓެސްޓުކުރުން އިތުރު ކޮށްފައިވާއިރު މިދިޔަ ޖޫން މަހުން ފެށިގެން ޗައިނާއަށް އެތެރެކުރާ ފިނިކުރި ކާބޯތަކެތިވެސް ކޮރޯނާވައިރަހަށް ޓެސްޓު ކުރަން ވަނީ ފަށާފައެވެ.
ވޫހާން ސިޓީގެ އިދާރާ ތަކުން ހާމަކޮށްފައިވާ ގޮތުން، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާއި ހަމައަށް ޗައިނާއަށް އެތެރެކުރާ ފިނިކުރި ކާބޯތަކެތިން 3 މިލިއަން ޓެސްޓު ސާމްޕަލް ނަގާފައިވެއެވެ. އަދި މީގެ ތެރެއިން 22 ސާމްޕަލެއް ޕޮޒިޓިވް ވެފައިވެއެވެ.
ވޫހާން ސިޓީގެ އިދާރާ ތަކުން ހާމަކޮށްފައިވާ ގޮތުން، ޗައިނާއަށް އެތެރެކުރާ ފިނިކުރި ކާބޯތަކެތި ޓެސްޓު ކުރަން ފެށީ އިތުރަށް މި ވައިރަސް އާއި ބެހޭގޮތުންް މައުލޫމާތު ދެނެގަތުމަށެވެ. އެގޮތުން މި ތަހުލީލުތަކުން ޗައިނާއަށް އެތެރެކުރާ ފިނިކުރި ކާބޯތަކެތީގެ ސަބަބުން މިވައިރަސް ފެތުރޭތޯވެސް އެނގިގެންދާނެއެވެ.
ޗައިނާގެ ވޫހާން ސިޓީގައި ފުރަތަމަ ފެތުރެން ފެށި ކޮރޯނާ ވައިރަހުގެ އަސްލާ މެދު އެތަކެއް ހިޔާލު ތަފާތުވުމެއް ހިނގާފައިވެއެވެ. މިގޮތުން މި ވައިރަސް ވުޖޫދަށް އައުމުގެ އަސްލަކަށް ފުރަތަމަ ވީ ވާލެކެވެ. އެއަށްފަހު މިއީ ލެބެެއްގައި އުފައްދާފައިވާ ވައިރަހަކަށްވެސް ގިނަ ސިއްހީ މާހިރުން ވަނީ ތުހުމަތުކޮށްފައެވެ.
މާބޮޑެތި ހަގީގަތްތަކެއް އަދިވެސް ނޭނގޭ މިބަލި ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވޫހާން ސިޓީގައެވެ. އަދި މި ވައިރަސް މުޅި ދުނިޔެއަށް ފެތުރުނީ ޗައިނާއިން އެކި ގައުމުތަކަށް ދަތުރުކުރި މީހުންގެ ފަރާތުން ކަމަށްވެސް ގިނަ ސިއްހީ މާހިރުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު