އެމެރިކާގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 150،000 އަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވެ އެއްދުވަސް މަތިން ބަލި ޖެހުނު މީހުންގެ އަދަދު ރިކޯޑް އަދަދަކަށް މައްޗަށް އަރައިފިއެވެ.
އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 150،000 އަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިއީ މިހާތަނަށް އެއްދުވަސް މަތިން ކޮވިޑް ޖެހުނު މީހުންގެ ރިކޯޑް އަދަދެއް ކަމަށްވެސް ޖޯން ހޮޕްކިންސް ޔުނިވަރސިޓީ އިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، އެމެރިކާގައި ހުސްވިހަފްތާގައި އެއްދުވަސް މަތިން ބަލި ޖެހުނު މީހުންގެ އަދަދު އުޅުނީ 100،000 ގައި ކަމަށްވެސް ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.
މުޅި އެމެރިކާގައި ބަލި ޖެހޭ މީހުންގެ އަދަދު ގިނަ ވަމުންދާއިރު އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާގެ ދެ ސްޓޭޓް ކަމުގައިވާ ޓެކްސަސް އަދި ކެލިފޯނިޔާއިންނެވެ. ޓެކްސަސް އަދި ކެލިފޯނިޔާގައި އެކަނިވެސް މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ އެއް މިލިއަނަށް އަރާފައެވެ.
އެމެރިކާގައި މިހާތަނަށް 10،546،706 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މިބަލިޖެހިގެން 242،622 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު