އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާކަމަށް އަޑުއުފުލާ ޓްރަމްޕްގެ ސަޕޯޓަރުން ކުރަމުންދިޔަ މުޒާހަރާގެތެއިން.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާކަމަށް އަޑުއުފުލާ ޓްރަމްޕްގެ ސަޕޯޓަރުން ކުރަމުންދިޔަ މުޒާހަރާގެތެއިން.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާ ގަބޫލުނުކުރާކަމަށް އަޑުއުފުލާ ޓްރަމްޕްގެ ސަޕޯޓަރުން މުޒާހަރާ ކުރަންފަށައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުން މިހާތަނަށް ލިބިފައިވާ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވޯޓުން ވައްކަން ކުރުމާއި ވޯޓު ގުނުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުތައް ކުރައްވާފައެވެ. މިއާއެކު ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާކަމަށް އަޑުއުފުލާ މުޒާހަރާ ކުރަންފަށާފައެވެ.

ހޮނިހިރު ދުވަހު އެމެރިކާގައި ފަށައިގެން ކުރިއަށްދާ މިމުޒާހަރާތަކުގައި އެތައްހާސްބަޔަކު ބައިވެރިވެ ވައްކަން ކުރުން ހުއްޓާލުމަށް ގޮވާލަމުންދެއެވެ. ވައިޓްހައުސް ކައިރިން ފެށi މިމުޒާހަރާގެ ބައިވެރިން ވަނީ ސުލްހަވެރިކަމާއެކު އަޑުއުފުލަމުން، އެމެރިކާގެ ސުޕްރީމްކޯޓުގެ އިމާރާތް ކައިރިއަށް ހިނގާލާފައެވެ.

އަދި މިމުޒާހަރާގައި ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ކުޑަވަގުތުކޮޅަކަށް ފެނިގެންގޮއްސައެވެ. ޓްރަމްޕް ބައިވެރިވެވަޑައިގެންފައިވަނީ ރަސްމީ ކާރުކޮޅުގައި އިންނަވައެވެ.

މީގެ އިތުރުން އެމެރިކާގެ އެހެން ބައެއް ސަރަހައްދުތަކުގައި ހިނގާ ދިޔަ މުޒާހަރާތަކުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންނާއި ޓްރަމްޕް ގެ ސަޕޯޓަރުންނާދެމެދު ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުން ހިނގާފައިވެއެވެ. މިހަމަނުޖެހުންތައް ހުއްޓުވައި 12 މީހުން މިހާތަނަށް ހައްޔަރު ކޮށްފައިވާކަމަށްވެސް އެމެރިކާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

ނިމިދިޔަ އިންތިހާބު ކާމިޔާބުކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއަށް 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެން ބޮޑުތަނުން އިންތިހާބުގައި ވަނީ ކުރި ހޯއްދަވާފައެވެ. އަދި މި ރިޔާސީ އިންތިހާބުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަތީ ޖުމްލަ 232 އިލެކްޓޯރަލް ވޯޓެވެ.

މި ނަތީޖާ ގަބޫލު ނުކުރައްވާ އަޑު އުފުއްލެވުމުގެ އިތުރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވޯޓުގެ ސައްހަ ކަމާމެދު ސުވާލުއުފައްދަވާ އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ކޯޓުތަކަށް މައްސަލަ ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން