ކޮންޓްރޯލުންނެއްޓި، ފުރޮޅާލައިފައިވާ ބަސް.
ކޮންޓްރޯލުންނެއްޓި، ފުރޮޅާލައިފައިވާ ބަސް.
އިންޑިޔާގެ މަހާރަޝްޓްރާ ސްޓޭޓްގައި ބަހެއް ފުރޮޅާލައި ބަހުން ދަތުރުކުރި އެއްއާއިލާއެއްގެ 5 މީހުން މަރުވެއްޖެއެވެ.

އިންޑިޔާގެ ގޯއާ ސްޓޭޓަށް ދަތުރުކުރަމުން ދިޔަ މިބަސް ކޮންޓްރޯލުންނެއްޓި، ފުރޮޅާލައި އެއްއާއިލާއެއްގެ 5 މީހުން މަރުވުމުގެ އިތުރުން 8 މީހަކަށް އަނިޔާ ވެފައިވާކަމަށް އިންޑިޔާގެ މަހާރަޝްޓްރާ ސްޓޭޓްގެ ފުލުހުންވަނީ ހާމަކޮށްފައެވެ.

މިހާދިސާގައި މިބަސް ކޮންޓްރޯލުން ނެއްޓިފައިވަނީ ޕޫނޭ ބެންގަލޫރު ހައިވޭމަތިން ބާރު ސްޕީޑެއްގައި ދުއްވާފައިދަނިކޮށެވެ. އަދި ބަސް ކޮންޓްރޯލް ނުކުރެވި،ހައިވޭ ބްރިޖްމަތިން ފުރޮޅާލައި 40 ފޫޓު ތިރިއަށް ވެއްޓިފައިވާކަމަށްވެސް މަހާރަޝްޓްރާ ސްޓޭޓްގެ ފުލުހުންވަނީ ހާމަކޮށްފައެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި 4 ފިރިހެނުން ހިމެނޭއިރު، އެއްއަންހެނަކުވެސް ހިމެނޭކަމަށްވެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ތިން އަހަރުގެ ކުޑަކުއްޖަކު ހިމެނޭކަމަށްވެސް މަހާރަޝްޓްރާ ސްޓޭޓްގެ ފުލުހުންވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން މިހާދިސާގައި އަނިޔާވިމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާއިރު އެމީހުންގެ ހާލު ރަނގަޅުކަމަށްވެސް މަހާރަޝްޓްރާ ސްޓޭޓްގެ ފުލުހުންވަނީ ހާމަކުރެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ބަހުގެ ޑްރައިވަރުވެސް ހިމެނެއެވެ.

މިހާދިސާ އާއި ގުޅިގެން މަހާރަޝްޓްރާ ސްޓޭޓްގެ ފުލުހުންވަނީ ބަސް ޑްރައިވަރުގެ މައްޗަށް ގާނޫނީގޮތުން އެތަކެއް ތުހުމަތުތަކެއްވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން