އިނގިރޭސިވިލާތުގައި ޕެޓްރޯލް އަދި ޑީސެލް ކާރު ވިއްކުން 2030 ވަނަ އަހަރުން ފެށިގެން މަނާކުރަން ނިންމާފައި ވާކަން، މިހަފްތާގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އިއުލާން ކުރައްވާނެ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
މީގެ ކުރިން އިނގިރޭސި ވިލާތުން ނިންމާފައި ވަނީ 2035 ވަނަ އަހަރުން ފެށިގެން ޕެޓްރޯލް އަދި ޑީސެލް ކާރު މަނާކުރާށެވެ. ނަމަވެސް މިހާރު ވަނީ މިމުއްދަތު އަވަސްކޮށް 2030 ވަނަ އަހަރުން ފެށިގެން މިއުސޫލަށް އަމަލު ކުރަން ނިންމާފައެވެ. މިއީ މިފަދަ ކާރުތަކުން ޖަށްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމެކެވެ.
ގިނަ ނޫސްތަކުން ރިޕޯޓު ކޮށްފައިވާގޮތުން ޕެޓްރޯލް އަދި ޑީސެލް ކާރު ވިއްކުން 2030 ވަނަ އަހަރުން ފެށިގެން މަނާކުރަން ނިންމަވާފައިކަން އިއުލާން ކުރައްވާނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ސަރުކާރުން ތިމާވެއްޓާ ބެހޭގޮތުން އެކުލަވާލާފައިވާ އާ ސިޔާސަތު އާންމު ކުރުމުގެ ތެރޭގައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރުން ރަސްމީ ބަހެއް ލިބިފައި ނުވާ ކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
މިނިންމުމުގެ ސަބަބުން އިނގިރޭސި ވިލާތުގެ އެއްގަމު އުޅަނދުފަހަރުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނޭކަމަށް ކަމާ ބެހޭ މާހިރުން ބުނެފައިވެއެވެ. އިނގިރޭސި ވިލާތުގެ އެއްގަމު އުޅަނދުފަހަރުގެ ވިޔަފާރިއަށް ބަލާއިރު މިއަހަރުވެސް އެއްގަމު އުޅަނދު ފަހަރުގެ ވިޔަފާރީގެ 90 އިންސައްތަ ހިއްސާ ކޮށްފައިވަނީ ޕެޓްރޯލް އަދި ޑީސެލް ކާރުގެ މުއާމަލާތްތަކެވެ.
އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކުން، ވައިގެ ތެރެއަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކުރެވޭ މަސައްްކަތްތަކުގެ ސަބަބުން، މޫސުމީ ކާރިސާތައް މަދު ކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މާހިރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު