ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓް، ފެލްކަން 9 އެއް 4 އެސްޓްރޮނައުޓުންނާއެކު ދަތުރައް ފުރަނީ.
ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓް، ފެލްކަން 9 އެއް 4 އެސްޓްރޮނައުޓުންނާއެކު ދަތުރައް ފުރަނީ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސްޕޭސް އެކްސް ކުންފުނީގެ ފެލްކަން 9، 4 ޖައްވީ ފަޅުވެރިންނާއެކު ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނަށް ރޭ ދަތުރު ފަށައިފިއެވެ.

ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހުގެ ރޭ 00:27 ގައި އެމެރިކާގެ ބިމުން ފެށި މިދަތުރުގައި ބައިވެރިވާ 4 އެސްޓްރޮނައުޓުންނަށް ޖައްވީ ސްޓޭޝަނާއި ހަމައަށް ވާސިލު ވުމަށް 27 ގަޑިއިރު ނަގާނެއެވެ.

މިރޮކެޓްގެ ދަތުރުފެށުމާއެކު މިއީ ގަރުނަކަށް ފަހު ޖައްވަށް ކުރެވޭ ފުރަތަމަ "އޮޕަރޭޝަނަލް މިޝަން" ކަމަށް ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނުން ސިފަކޮށްފައިވެއެވެ. މީގެ ޓްރަޔަލް ރޮކެޓެއްގައި މިދިޔަ އޮގަސްޓްމަހު ސްޕޭސް އެކްސްގެ ފެލްކަން 9 ވަނީ ދެ ޖައްވީ ފަޅުވެރިންނާއެކު ޖައްވަށް ގޮސް ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނާއި ގުޅާލައި ސްޓޭޝަނަށް ވަދެއުޅުމަށްފަހު ރައްކާތެރި ކަމާއެކު އެނބުރި ބިމަށް އައިސްފައެވެ.

މި ޓްރައިލް ރޮކެޓަކީ، 2011 ވަނަ އަހަރަށްފަހު، ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނަށް އެމެރިކާއިން ކުރި ފުރަތަމަ ދަތުުރެވެ.  2011 ވަނަ އަހަރަށް ފަހު، ނާސާ ގެ ދަތުރުތައް ކުރެވެމުން އައީ ރަޝިޔާގެ ސްޕޭސްކްރާފްޓް ތަކުގެ އެހީގައެވެ.

ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓް، ފެލްކަން 9، ދަތުރަށް ފުރި މަންޒަރު ބައްލަވާ ލައްވަން އެމެރިކާގެ ނައިބްރައީސް މައިކް ޕެންސް ވަނީ ޒިޔާރަތް ކުރަށްވާފައެވެ. މިދަތުރު ފެށުމާއެކު، އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން ވަނީ ސްޕޭސް އެކްސް ކުންފުންޏަށް މަރުހަބާ ވިދާޅުވެ މިއީ ސައިންސުގެ ބާރުކަން ސިފަކުރައްވާފައެވެ.

27 ގަޑިއިރުގެ ދަތުރަކަށް ފަހު، ޖީއެމްޓީ ގަޑިން ހޯމަ ދުވަހުގެ 04:00 ގައި ޖައްވީ ސްޓޭޝަނާއި ހަމައަށް ފެލްކަން 9 ވާސިލު ވާނެކަމަށް ލަފާކުރެވެއެވެ. ސްޕޭސް އެކްސް ކުންފުނީގެ ފެލްކަން 9 ގެ ރޮކެޓުގެ މިދަތުރުގައި ބައިވެރިވަނީ މައިކް ހޮޕްކިންސް، ވިކްޓޯ ގްލޯވާ، އަދި ޝަނޮން ވޯކާގެ އިތުރުން ސޮއިޗީ ނޮގުޗީ ނަމަކަށް ކިޔާ ޖަޕާނުގެ އެސްޓްރޮނޯޓެެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން