މައުތުވޮޝް އިން 19 ސިކުންތު ތެރޭގައި ކޮރޯނާ ވައިރަސް ނައްތާލެވޭކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގައި ކުރިއަށްދާ މިދިރާސާ ކުރަމުންދަނީ ޔުނިވަރސިޓީ ހޮސްޕިޓަލް އޮފް ވޭލްސްގެ ބަލިމީހުންގެ ކުޅު ބޭނުންކޮށްގެންނެވެ. މިގޮތުން މި ދިރާސާ ކުރަމުންދާ ކަރޑިފް ޔުނިވަރސިޓީގެ ސައިންސްވެރިން ހާމަކޮށްފައިވާގޮތުން ސީޓިލްޕަރރަޑިޔަމް ކްލޮރައިޑްގެ (ސީޕީސީ) 0.07 އިންސައްތަ ހިމެނޭ މައުތުވޮޝް އިން ކޮރޯނާ ވައިރަސް ނައްތާލެވޭކަމުގެ އުއްމީދު ދިރާސާއިން ދައްކާކަމަށެވެ.

މިދިރާސާ ނިންމައި މިއަންނަ އަހަރަށް ދިރާސާ ރިޕޯޓު އާންމު ކުރުމަށް ހަމަޖެހިފައިވާއިރު، މައުތުވޮޝް ބޭނުންކޮށްގެން އިތުރު ތަހުލީލުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މި ދިރާސާގެ ސައިންސްވެރިން ހާކޮށްފައިވެއެވެ.

މީގެ އިތުރުން، އަތް ދޮވުމާއި، ގައި ދުރުކަން ބެހެެއްޓުމާއި، މާސް އެޅުމުގެ އިތުރުން، މައުތުވޮޝް ބޭނުންކުރުމަކީވެސް ކޮރޯނާ ވައިރަހުން ރައްކާތެރިވާން ކުރެވޭނެ ކަމެއްކަމަށް މީގެ ކުރިންވެސް ސިއްޙީ މާހިރުންވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މައުތުވޮޝް ބޭނުންކުރުމާމެދު މީގެ ކުރިން ދިރާސާއެއް ހެދިފައިނެތުމުން މައުތުވޮޝް އިން ވައިރަސް ނައްތާލެވޭނެކަމާމެދު ސިއްޙީ މާހިރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވެއެވެ.

މައުތުވޮޝް އިން ކޮރޯނާ ވައިރަސް ނައްތާލެވޭނެކަމަށް ކުރެވޭ މިދިރާސާ ކާމިޔާބުވެއްޖެނަމަ ދުނިޔޭގައި ބާރުސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މައުތުވޮޝް ބޭނުންކުރެވިދާނެކަމަށް ސިއްޙީ މާހިރުން ހާމަކޮށްފައިވެއެވެ.

ދުނިޔޭގައި ބާރުސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މިހާތަނަށް 54 މިލިއަނަށްވުރެ ގިނަ މީހުން ބަލިޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން