މާސްޓަރ ޗެފް ޖޫނިޔަރގެ ތަރި ބެން ވަޓްކިންސް.
މާސްޓަރ ޗެފް ޖޫނިޔަރގެ ތަރި ބެން ވަޓްކިންސް.
ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކެއްކުމުގެ މުބާރާތް މާސްޓަރ ޝެފް ޖޫނިޔަރގެ ތަރި ބެން ވަޓްކިންސް މަރުވެއްޖެއެވެ.

އުމުރުން 14 އަހަރުގެ ބެން ވަޓްކިންސް މަރުވީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާތާ އެއްއަހަަރަށްވުރެ ގިނަދުވަސް ވެފައި ވަނިކޮށެވެ.

2017 ވަނަ އަހަރު މަންމަ އާއި ބައްޕަ މަރުވުމާއެކު ބެން ކެއްކުމަށް ހުރި ލޯތްބެއްގެ ބޮޑުކަމުން ބެން ވަޓްކިންސްގެ ނަމުން ނަންދެވިފައިވާ އާއިލީ ރެސްޓޯރަންޓް ގައި މަސައްކަތް ކުރަންފެށިއެވެ. އެއަށްފަހު ބެން ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކެއްކުމުގެ މުބާރާތް، މާސްޓަރ ޝެފް ޖޫނިޔަރގެ 6 ވަނަ ސީޒަނުގައި ބައިވެރިވެ އެންމެ 11 އަހަރުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ.

ބެން ވަޓްކިންސްގެ އެންމެ ކާމިޔާބު ކެއުމަކަށް ފާހަގަ ކުރެވެނީ ބެން ތައްޔާރުކުުރާ ފްރައިޑް ޗިކެން އެންޑް މޭޝްޑް ޕޮޓޭޓޯ ކަމަށް ބެން ފާހަގަކޮށްފައިވެއެވެ.

އެތައްބަޔެއްގެ ލޯބި ލިބިފައިވާ ބެން ވަޓްކިންސްގެ އާއިލާއިން، ބެންއަށް ކެންސަރު ޖެހިފައިވާކަަން އިއުލާން ކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުން އެހީތެރިކަމާއި ލޯތްބާ އަޅާލުމަށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެއިތުރުން، ބެން އަކީ ބަސް އަހާ، ކިޔަމަންތެރި، ހިތްވަރުގަދަ، ކެރޭ ކުއްޖެއްގެ ގޮތުގައި އާއިލާ އިން ސިފަކޮށްފައިވެއެވެ.

ބެން ވަޓްކިންސް މަރުވުމުގެ ހިތާމައިގައި މާސްޓަރ ޝެފް ޖޫނިޔަރގެ ޖަޖުންނާއި، ބައިވެރިންނާއި ސަޕޯޓަރުން ބައިވެރިވެފައިވާއިރު ބެން އަކީ ޅައުމުރުގައި ކާމިޔާބު ޝެފަކަށް ވެފައިވާ ކުއްޖެއްކަމަށް ފާހަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން