އެމެެެރިކާގެ ސްކޫލެއްގެ ދަރިވަރުންތަކެއް.
އެމެެެރިކާގެ ސްކޫލެއްގެ ދަރިވަރުންތަކެއް.
އެމެރިކާގެ ނިއު ޔޯކް ސިޓީގައި ކޮވިޑް ޖެހެމުންދާ މީހުންގެ އަދަދު ގިނަވެ، މިއަދުން ފެށިގެން ނިއު ޔޯކް ސިޓީގެ ސްކޫލްތައް ބަންދުކުރަން އިއުލާންކޮށްފިއެވެ.

މިއަދުން ފެށިގެން ނިއު ޔޯކް ސިޓީގެ ސްކޫލްތައް ބަންދުކުރަން ނިންމާފައިވަނީ މިދިޔަ ހަތް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލައިފައިކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރ ބިލް ޑެ ބްލަސިއޯ ވިދާޅުވެފައިވެއެވެ. އަދި މިއީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހުނު މުހިންމު ފިޔަވަޅެއްކަމަށްވެސް މޭޔަރ ވިދާޅުވެފައިވެއެވެ.

ނިއު ޔޯކް ސިޓީގެ ސްކޫލްތައް ބަންދުކުރަން އިއުލާންކުރުމަށް ބުދަ ދުވަހު މެންދުރުފަހު ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވުމާއެކީ ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ފަށާނޭކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މިއީ ކޮވިޑުގެ ދެވަނަ ރާޅަކާ ހަނގުރާމަކުރަން ޖެހިފައިވާ ވަގުތު ކަމަށް ވިދާޅުވެ، ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނޭކަމަށްވެސް މޭޔަރ ވިދާޅުވެފައިވެއެވެ.

ނިއު ޔޯކް ސިޓީގެ ސްކޫލްތައް ބަންދުކުރި ނަމަވެސް ގޭގައި ތިބެގެން ކްލާހުގައި ބައިވެރިވެވޭނެކަމަށް ނިއު ޔޯކް ސިޓީގެ ޑިޕާޓްމެންޓް އޮފް އެޑިޔުކޭޝަންގެ ޗާންސެލަރ ރިޗާރޑް ކަރަންޒަރ ވިދާޅުވެފައިވެއެެވެ. މީގެ އިތުރުން ކޮވިޑް ޖެހޭމީހުން ގިނަވެ ސްކޫލްތައް ބަންދުކުރުމަށްފަހު އޮކްޓޯބަރު މަހު ސްކޫލްތައް ހުޅުވުމުންވެސް ސްކޫލްތަކަށް ހާޒިރުވެފައިވަނީ 25 އިންސައްތަ ދަރިވަރުންކަމަށްވެސް ނިއު ޔޯކް ސިޓީގެ ޑިޕާޓްމެންޓް އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގައި 11.6 މިލިއަނަށް ވުރެއް ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެމެރިކާގެ ނިއު ޔޯކް ސިޓީގައި އެކަނިވެސް 292،000 އަށް ވުރެ ގިނަ މީހުންނަ ކޮވިޑް ޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން