އެންމެ ފުރަތަމަ ފުލުހުންގެ ޔުނީފޯމާއެކު ބުރުގާ އެޅި ފުލުހަކަށް ފެނިގެންގޮސްފައިވާ ކޮންސްޓަބަލް ޒީނާ އަލީ.
އެންމެ ފުރަތަމަ ފުލުހުންގެ ޔުނީފޯމާއެކު ބުރުގާ އެޅި ފުލުހަކަށް ފެނިގެންގޮސްފައިވާ ކޮންސްޓަބަލް ޒީނާ އަލީ.
ނިއުޒިލޭންޑުގެ އަންހެން ފުލުހުން ޔުނީފޯމާއެކު ބުރުގާ އެޅުން ހުއްދަކޮށްފައިވާކަމަށް ނިއުޒިލޭންޑުގެ ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

މިއީ ވަޒީފާ އަށް ނުކުންނަ އިރު އެމީހެއްގެ ދީނާއި ގަބޫލު ކުރާ ގަބޫލު ކުރުންތައް ހުރަހަކަށް ނޭޅޭގޮތަށް ބެހެއްޓުމަށްޓަކައި ނިންމަަވާފައިވާ ނިންމުމެއްކަމަށްވެސް ނިއުޒިލޭންޑުގެ ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ. މިގޮތުން މުސްލިމް އަންހެން ފުލުހުންނަށް، ފުލުހުންގެ ޔުނިފޯމާއެކު ބުރުގާ އެޅުމަކަށް އެއްވެސް ހުރަހެއްނޯންނާނެ ކަމަށްވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ނިއުޒިލޭންޑުގެ ފުލުހުންގެ އިދާރާގެ މިނިންމުމާއެކު، އެންމެ ފުރަތަމަ ފުލުހުންގެ ޔުނީފޯމާއެކު ބުރުގާ އެޅި ނިއުޒީލެންޑްގެ ފުލުހަކަށް ފެނިގެންގޮސްފައިވަނީ ކޮންސްޓަބަލް ޒީނާ އަލީ އެވެ. ފުލުހުންގެ ޔުނީފޯމާއެކު އެޅުމަށް ހާއްސަ ކުރެވިފައިވާ ބުރުގާ އާއެކު ޒީނާ އަލީ ނަގާފައިވާ ފޮޓޯއެއް، ނިއުޒިލޭންޑުގެ ފުލުހުންގެ އިދާރާއިންވަނީ މީސްމީޑިޔާގައި ހިއްސާކޮށްފައެވެ.

މިއާއެކު، ބުރުގާ އަޅަން ހުއްދަލިބުން މިއީ މުސްލިމު އަންހެނުންނަށް ފުލުހުންގެ އިދާރާއާއި ގުޅުމަށްޓަކައި ލިބޭނޭ ވަރަށްބޮޑު އެއްބާރުލުމެއް ކަމަށްވެސް ކޮންސްޓަބަލް ޒީނާ އަލީ ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ ޓްރެއިނިންގެ ދުވަސްވަރުވެސް މުސްލިމަކަށް ވީތީވެ ނިއުޒިލޭންޑުގެ ފުލުހުންގެ މެދުގައި ތަފާތު ނުކުރާ ކަމަށާއި، އޭގެ ބަދަލުގައި ނިއުޒިލޭންޑުގެ ފުލުހުން ވަނީ އޭނާ ނަމާދު ކުރާނެ ވަކި ތަނެއް ދައްކައިދީ، ހަލާލު ކެއުން ހޯދައިދީފައިވާކަން ކޮންސްޓަބަލް ޒީނާ ވަނީ ފާހަގަ ކޮށްފައެވެ. ފުލުހުންގެ ޔުނީފޯމާ އެކީ ބުރުގާ އަޅަން ހުއްދަ ލިބުމުން، ނިއުޒިލޭންޑުގެ ފުލުހުންގެ އިދާރާއާމެދު ފަޚުރުވެރިވާކަމަށްވެސް ޒީނާ ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން