ރަޝިޔާގެ ރައީސް ވްލާޑިމަރ ޕޫޓިން.
ރަޝިޔާގެ ރައީސް ވްލާޑިމަރ ޕޫޓިން.
އެމެރިކާގެ ރައީސަކަށް ހޮވުނީ ބައިޑެން ކަމަށް ގަބޫލުނުކުރައްވަވާ ކަމަށް އިޝާރާތް ކުރައްވާ، ރަޝިޔާގެ ރައީސް ވްލާޑިމަރ ޕޫޓިން ވާހަކަފުޅުދައްކަައިފިއެވެ.

ރަޝިޔާގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި، އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ކޮންބޭފުޅެއްކަން ޔަގީން ކުރަން ޖެހޭނީ އިންތިހާބު ކާމިޔާބުކުރެއްވި ފަރާތުގެ ކާމިޔާބީ، އިދިކޮޅުން ގަބޫލުކުރީމާކަމަށް ރަޝިޔާގެ ރައީސް ވްލާޑިމަރ ޕޫޓިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިންތިހާބު ކާމިޔާބުކުރެއްވި ފަރާތުގެ ކާމިޔާބީއަކީ، ގާނޫނީގޮތުންވެސް ބަލައިގަނެފައިވާ ކަމެއްކަމަށް ވާންޖެހޭނޭކަމަށްވެސް ޕޫޓިން ވިދާޅުވެފައިވެއެވެ. ނަމަވެސް، އެމެރެކިގާގެ ރައީސަކަށް ކޮންމެބޭފުޅަކު ހޮވުނަސް، ހޮވޭ ބޭފުޅަކާއެކު ރަޝިޔާ ސަރުކާރުން ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ޕޫޓިން ވިދާޅުވެފައިވެއެވެ.

އެމެރިކާގައި ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އާއެކު، ގިނަ ގައުމުތަކަކުން ވަނީ މި އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންގެ ކާމިޔާބީ އަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް ރަޝިޔާގެ ރައީސް އިޚްތިޔާރުކުރެއްވީ ހަނު ހުންނެވުމަށެވެ.

ރަސްމީ ގޮތެއްގައި ބައިޑެންގެ ކާމިޔާބީ ގަބޫލު ނުކުރައްވާކަން ވިދާޅުވެފައިނުވިކަމުގައި ވިޔަސް، ޕޫޓިން ގެ ވާހަކަފުޅުން އެމެރިކާގެ ރައީސަކަށް ހޮވުނީ ބައިޑެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ދޭހަވާކަމަށް ބޭރުގެ ގިނަ ނޫސްތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވާ، ޓްރަމްޕް އިންތިޚާބު ކުރުމަށް އެހީތެރިވެދިންކަމަށް ބުނެ އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީ ތަކުން މީގެ ކުރިން ވަނީ ރަޝިޔާއަށް ތުހުމަތުވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން