ދުނިޔެއަށް އިތުރު ރޯގާބަލިމަޑުކަމެއް އަތުވެދާނެ ދުވަސްވަރަކާއި ބެހޭގޮތުން ބިލިއަނަރ ބިލް ގޭޓްސް ލަފާކޮށްފިއެވެ.
ބިލް ގޭޓްސް މިކަން ލަފާކޮށްފައިވަނީ، އެކްޓަރ ރާޝިދާ ޖޯންސް އާއެކު ހުށައަޅައިދިން ޕޮޑްކާސްޓްގައެވެ. މި ޕޮޑްކާސްޓްގައި ކޮވިޑަށްފަހު ދުނިޔޭގެ ހާލަތު އޮންނާނެގޮތާމެދު ބިލް ގޭޓްސް އަދި ރާޝިދާ ޖޯންސް ވަނީ ޑރ. އެންތޮނީ ފައުޗީ އާއެކު މަޝްވަރާކޮށްފައެވެ.
ބިލް ގޭޓްސް ވަނީ މީގެ ކުރިންވެސް ދުނިޔެއަށް ކުރިމަތިވެދާނެ ބަލިމަޑުކަމެއްގެ ނުރައްކާތެރިކަމާ ބެހޭގޮތުން ލަފާކޮށްފައެވެ. އަދި ކުރިއަށް ލަފާކުރެވޭނެ ޕެންޑަމިކަކީ ނުވަތަ ބަލިމަޑުކަމަކީ މުޅި ދުނިޔެ ތަހައްމަލް ކުރާނޭކަމެއްކަމަށް ބިލް ގޭޓްސްގެ ޕޮޑްކާސްޓްގައި ފާހަގަކޮށްފައިވެއެވެ.
"ލަފާ ކުރެވެނީ އިތުރު ޕެންޑަމިކްއެއް އައުމަށް 20 އަހަރު ނަގާނޭކަމަށް. އެކަމަކު އެންމެންވެސް ތައްޔާރުވާންވާނެ ކުރިއައްއޮތް 3 އަހަރުވެސް ޕެންޑަމިކްއެއް ކުރިމަތިވެދާނެކަން." ބިލް ގޭޓްސްގެ ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ބިލް ގޭޓްސް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ކޮވިޑަށްފަހު ދުނިޔޭގެ ހާލަތު އޮންނާނެގޮތާމެދު ވާހަކަދައްކަމުން، ކޮވިޑުން ރައްކާތެރިވުމަށްފަހުވެސް ކޮވިޑުގެ ކުރިން އުޅުނު އާންމު ހާލަތައް ދާނެ ކަމަށް އުއްމީދު ނުކުރާކަމަށް ބިލް ގޭޓްސް ބުނެފައިވެއެވެ. މީގެ އިތުރުން ކޮވިޑަށް ފަހު އާންމު ހާލަތަކަށް ދާއިރު "ވޯކް ފްރޮމް ހޯމް" ނުވަތަ ގޭގައި ވަޒީފާގެ މަސްއޫލިއްޔަތުތައް އުފުލަން ފެށުމާއެކު، ވިޔަފާރި ބައްދަލުވުންތަކަށާއި އެހެނިހެން ދަތުރުތައް 50 އިންސައްތަ ދަށަށް ދާނެކަމަށާއި، އަދި ވަޒީފާ އަދާކުރުމުގައި އޮފީސްތަކުގައި ހޭދަކުރާނެ ވަގުތު 30 އިންސައްތަ ދަށަށް ދާނެކަމަށް ބިލް ގޭޓްސް ވަނީ ލަފާކޮށްފައެވެ.
ދުނިޔެއަށް ކުރިމަތިވެދާނެ ބަލިމަޑުކަމެއްގެ ނުރައްކާތެރިކަމާ ބެހޭގޮތުން ބިލް ގޭޓްސް ލަފާކޮށްފައިވާއިރު 2015 ވަނަ އަހަރު ޓެޑް ޓޯކްސްގައި ވާހަކަ ދައްކަމުން އެމެރިކާ އަދި އެހެން އެއްވެސް ގައުމަކުންވެސް ރޯގާބަލިމަޑުކަމަކަށް ތައްޔާރުވެފައި ނެތްކަމަށް ބިލް ގޭޓްސް ވަނީ ބުނެފައެވެ.
"ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި 10 މިލިއަން މީހުން މަރުވިޔަސް މަރުވާނީ ހަނގުރާމައަކަށްވުރެ ބޮޑަށް ނުރައްކާތެރި ވައިރަސްއަކުން." 2015 ވަނަ އަހަރު ޓެޑް ޓޯކްސްގައި ވާހަކަ ދައްކަމުން ބިލް ގޭޓްސް ބުނެފައިވެއެވެ.
2018 ވަނަ އަހަރުވެސް ބިލް ގޭޓްސް ވަނީ ހަމަ މިފަދައިން ލަފާކޮށްފައެވެ. މިގޮތުން ކުރިމަތިވާނެ ބަލިމަޑުކަމަކުން ރައްކާތެރި ވުމަށް ފަރުވަތެރިވެ ތައްޔާރު ނުވެއްޖެނަމަ 10 މިލިއަން މީހުންގެ ފުރާނައަށް ނުރައްކާވާކަށް މާގިނަ ދުވަހެއް ނުނަގާނެކަމަށް ބިލް ގޭޓްސް ވަނީ ބުނެފައެވެ.
ނަމަވެސް އިތުރު ރޯގާބަލިމަޑުކަމެއް ތަހައްމަލު ކުރަންޖެހިއްޖެނަމަ މިހާރު ފެތުރެމުން މިދާ ބަލިމަޑުކަމުން ދަސްވެފައިވާ ކަންތައްތަކުން އިތުރަށް ތަކުރާރު ކުރަން ނުޖެހޭނެ ކަންތައްތަކެއް ދަސްވެފައިވާނެކަމަށް އުންމީދު ކުރާކަމަށް ބިލް ގޭޓްސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު