ކެންޔާގައި މަރުވެފައި އޮތް މީހަކު މޯޗަރީގައި އޮއްވާ ހޭއަރައިފިއެވެ. އޭނާ ހޭއަރާފައިވަނީ މަރުވިކަމަށް ނިންމިތާ ތިން ގަޑިއިރު ވިފަހުންނެވެ.
32 އަހަރުގެ ޕީޓަރ ނަމަކަށް ކިޔާ މި ފިރިހެން މީހާ ހޭއެރިއިރު އޭނާ މަރުވިކަމަށް ނިންމައި އޭނާގެ ހަށިގަނޑު ކުނިވިޔަނުދީ ބޭއްވުމަށް މޯޗަރީގައި މަސައްކަތްކުރާ މީހުން ތައްޔާރުވަމުންދެއެވެ.
މިގޮތުން ޕީޓަރ ހޭއަރާފައިވަނީ މޯޗަރީގައި މަސައްކަތްކުރާ މީހުން ޕީޓަރގެ ހަށިގަނޑު ކުނިވިޔަނުދީ ބޭއްވުމަށް ހަށިގަނޑު ތައްޔާރުކުރުމަށް ފައިގެ ފަލަމަސްގަނޑު ކަފައިލިތަނާއެވެ. މިއާއެކު ހޭއަރަައި ވީތަދުން ހަޅޭއްލަވައިގަަތުމުން މޯޗަރީގައި މަސައްކަތްކުރާ މީހުންނަށް ކުއްލި ހައިރާންކަމެއް ލިބިގެން ދިޔައެވެ.
ޕީޓަރ ހޮސްޕިޓަލަށް ގެނެވުނީ ބަނޑުގައި ރިއްސައިގަނެގެން ހޭނެތުމުންނެވެ. ހޮސްޕިޓަލަށް ގެނެވުނުތާ މާގިނައިރެއް ނުވެ ޕީޓާ މަރުވެފައިވާކަމަށް ވަނީ ނިންމާފައެވެ.
މިކަމާ ބެހޭގޮތުން ޕީޓަރ ގެ ކޮއްކޮ ބުނެފައިވަނީ ބޭބެ ހޮސްޕިޓަލަށް ގެނައުމަށްފަހު ހޮސްޕިޓަލުން ބޭބެއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާކަމެވެ. އަދި ޕީޓަރ މަރުވިކަމަށް ނިންމާފައިވަނީ ރަނގަޅައް ޕީޓަރގެ ހާލަތު ނުބަލާކަމަށްވެސް ޕީޓަރ ގެ ކޮއްކޮ ބުނެފައިވެއެވެ.
ޕީޓަރ ހޭއެެރުމާއެކު މޯޗަރީ އިން ނެރެ ހޮސްޕިޓަލުގައި އިތުރުފަރުވާ ދިނުމަށް ގެންދެވިފައިވެއެވެ.
މިހާދިސާ އާއެކު ޕީޓަރގެ އާއިލާއިން ވަނީ ހޮސްޕިޓަލުގެ ފަރުވާކުޑަކަމަށް ފާޑުކިޔައިފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ހޮސްޕިޓަލުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު