އަންނަ އަހަރު މެލޭޝިޔާގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި މެލޭޝިޔާގެ ސަރުކާރާއި ފައިޒަރ ކުންފުންޏާ ދެމެދު ވެކްސިން ގަތުމުގެ އެއްބަސްވުމެެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ވާގޮތުން މެލޭޝިޔާގެ އާބާދީގެ 6.4 މިލިއަން މީހުންނަށް ބޭނުންކުރެވޭވަރަށް ވެކްސިނުގެ 12.8 މިލިއަން ޑޯޒު ލިބޭނެ ކަމަށް މެލޭޝިޔާގެ ބޮޑު ވަޒީރު ޓަން ސްރީ މުހިއްޔިދީން ޔާސިން ހާމަކޮށްފައިވެއެވެ.
"މިއެއްބަސްވުމުގެ ދަށުން ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 1 މިލިއަން ޑޯޒް އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ލިބޭނެ. އަދި އިތުރު 1.7 މިލިއަން ޑޯޒް އަންނަ އަހަރުގެ ދެވަނަ ކުއަރޓަރގައި ލިބޭނެ. މީގެ އިތުރުން ތިން ވަނަ ކުއަރޓަރގައި 5.8 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް ހަމަޖެހިފައިފައިވާއިރު އަންނަ އަހަރުގެ ހަތަރު ވަނަ ކުއަރޓަރގައި 4.3 މިލިއަން ޑޯޒް ފޯރުކޮށްދޭނެ." މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވެފައިވެއެވެ.
ވެކްސިން ދިނުމުގައި އިސްކަންދެވޭނީ ހައި ރިސްކު މީހުންނާއި، އިސްސަފުގައި މަސައްކަތް ކުރާމީހުންނާއި އެހެނިހެން ބަލިތައް ތަހައްމަލު ކުރަމުންްދާ ހައޮރިސްކް މީހުންނަށްކަމަށް މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވެފައިވެއެވެ. ކޯވިޑް ވެކްސިން މެލޭޝިޔާގެ ރައްޔިތުންނަށް ހިލޭ ލިބޭނޭކަމަށް ވެސް މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވެފައިވެއެވެ.
ނަމަވެސް މެލޭޝިޔާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ވެކްސިން ޖެހޭނީ ގަނެގެންނެވެ. މިގޮތުން މިވެކްސިން ވިއްކާނެ އަގު ކަނޑައަޅައި ހެލްތު މިނިސްޓްރީއިން އާންމު ކުރާނެ ކަމަށް މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.
"ފައިޒަރ ކުންފުނީގެ ވެކްސިނުގެ ރައްކާތެރިކަން 95 އިންސައްތައަށް ދައްކާފައި ވީނަމަވެސް، މިވެކްސިން ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހުއްދަ ލިބުމުން، މެލޭޝިޔާގެ ހެލްތު މިނިސްޓްރީގެ ނެޝަނަލް ފާމަސޫޓިކަލް ރެގިއުލޭޓަރީ އޭޖެންސީ އިން މިވެކްސިނަކީ ރައްކާތެރި ވެކްސިނެއްތޯ ބަލާ ޔަގީން ކުރާނެ މެލޭޝިޔާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ކުރިން." މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.
މެލޭޝިޔާގެ ސަރުކާރުން ވެކްސިންގަތުމަށް ފައިޒަރ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންް ވެކްސިންގެ ކަންކަމަށް އުފައްދާފައިވާ ކޯވެކްސް މެދުވެރިކޮށް މެލޭޝިޔާގެ އާބާދީގެ 10 އިންސައްތަ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު